ކޯލިޝަން ސަރުކާރުގެ ކުރިމަތީގަ އޮންނާނީ ޤާނޫނުތަކާ ރައްޔިތުންގެ ނިންމުން- ޔާމީނާއެކު ޑީލެއް ހެދުމެއް ނެތް: އިންތިޚާބީ ރައީސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ކޯލިޝަން ސަރުކާރުގެ ކުރިމަތީގަ އޮންނާނީ ޤާނޫނުތަކާ ރައްޔިތުންގެ ނިންމުން- ޔާމީނާއެކު ޑީލެއް ހެދުމެއް ނެތް: އިންތިޚާބީ ރައީސް

ރައްޔިތުންގެ އެންމެ ބޮޑު އަޣްލަބިއްޔަތާއިއެކު ނޮވެމްބަރު މަހު ޤާއިމުކުރެވޭ ގުޅިފައިވާ ކޯލިޝަން ސަރުކާރުގެ ކުރިމަތީގައި އޮންނާނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި އެިގެދަށުން ހަދާފައިވާ ޤާނޫނުތަކާއި ރައްޔިތުންގެ ނިންމުން ކަމަށް އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކޯލިޝަނުގެ 4 ލީޑަރުންގެތެރޭގައި ހިމެނިވަޑައިގަންނަވާ ރައީސް މައުމޫނާއި ބައްދަލުކުރެއްވުމަށްފު މީޑިއާއަށް މައުލޫމާތު ދެއްވަމުން އިބްރާހީމް މުޙައްމަދު ޞާލިޙް މިމޭރުމުން ވިދާޅުވީ އިންތިޚާބުގެ ނަތީޖާ ޤަބޫލުފުޅުކުރައްވައި ބަލި ޤަބޫލުކުރެއްވިކަން ތަކުރާރުކޮށް ރައްޔިތުންގެ ކުރިމަތީގައި އިއުލާނުކުރެއްވުމަށްފަހު ވެސް ރައީސް ޔާމީނު އެމަނިކުފާނުގެ ސަޕޯޓަރުން ކޮޅެއް ގޮވައިގެން މަގުމައްޗަށް ނުކުމެވަޑައިގެން މުޒާހަރާ ކުރައްވައި ޤައުމުގައި ހަމަނުޖެހުން އުފައްދަން ހިއްވަރުދެއްވާ ބީދައިން ވާހަކަފުޅު ދައްކަވާފައިވާތީ އެފަދަ ކަމަކަށް ދީލައި ނުލައްވަވާނެކަން ބަޔާންކުރައްވައެވެ.

އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ޔާމީނާއިއެކު އެއްވެސް ބާވަތެއްގެ ޑީލެއް ނުހައްދަވާނެ ކަމަށެވެ. " އަޅުގަނޑުމެން މިތިބީ އެއްވެސް ހާލެއްގައި ޑީލެއް ހަދައިގެން މިކަން ހައްލުކުރާކަށް ނޫން."

ކެންޕޭނުތަކުގައިވެސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އެމަނިކުފާނުގެ ވެރިކަމަކީ ދިވެހި ޖުމްހޫރިއްޔާގެ ޢާނޫނު އަސާސީއަށް ފުރިހަމައަށް ޢަމަލުކުރާ ވެރިކަމަކަށް ހައްދަވާނެ ކަމުގެ ޔަޤީންކަން ތަކުރާރުކޮށް ރައްޔިތުންނަށް ދެއްވައިފައެވެ.
މިއަދު އޮންލައިން