12 ދާއިރާއެއްގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމި ނިންމުން ބާޠިލުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
12 ދާއިރާއެއްގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމި ނިންމުން ބާޠިލުކޮށްފި


ސްޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅުއްވަންދެން ރައްޔިތުންގެ މަޖިލީހުގެ 12 ދާއިރާއެއްގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމި ނިންމުން ބާޠިލުކޮށް އެކަން މަޖިލީހަށާއި ކަމާއިބެހޭ ފަރާތްތަކަށް އެންގުމަށް ނިންމައިފި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

މިކަމާއި ގުޅިގެން މަޑުއްވަރި ދާއިރާގެ މެންބަރު މުޙައްމަދު އަމިތު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން މިފަދަ ނިންމުމެއް ނިންމުމުން މަޖިލީހުގެ ޖަލްސާތަކަށް ވަނުން ހުއްޓުވާފައިވާ 12 މެންބަރުންނަށް މަޖިލީހުގެ ޖަލްސާތަކަށް ވަނުމަށް މިހާރު އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

ތުލުސްދޫ ދާއިރާގެ މެނަބަރު މުޙައްމަދު ވަޙީދު އިބްރާހީމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ މިނިންމުމާއި ގުޅިގެން 12 މެންބަރުންނަކީ މެންބަރުން ނޫންކަމަށް ބުނަމުންއައި ބުނުން ނިމުމަކަށް އައީ ކަމަށެވެ.

ވަޙީދު ވިދާޅުވީ ފެންނަމުން މިދަނީ ދައުލަތުގެ މުވައްސަސާތައް އަޅުވެތިކަމާ ބިރުވެރިކަމުން ސަލާމަތްވެ ޤާނޫނީ ވާޖިބު އަދާކުރުމުގެ ފުރުޞަތު މިހާރު ލިބިފައިވާކަން ކަމަށެވެ.



މިއަދު އޮންލައިން