ކުރީގެ އެސްއޯ ފުލުހުންގެ މައްސަލައިގެ އަޑުއެހުމެއް ތާވަލްކޮށްފި

ކިޔުމަށް ހޭދަވާނީ 54ސ
ކުރީގެ އެސްއޯ ފުލުހުންގެ މައްސަލައިގެ އަޑުއެހުމެއް ތާވަލްކޮށްފި

ސުޕްރީމް ކޯޓުން މިއަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރަށްފަހު ހިނގައިދިޔަ ކަންތައްތަކާއި ގުޅިގެން ހައްޔަރުކޮށް ވަޒީފާއިން ވަކިކޮށްފައިވާ އަށް އެސްއޯ ފުލުހުންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މިއަދު ބޭއްވުމަށް ތާވަލުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި މިމައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލު ކުރެވުނީ މިއަދު މެންދުރު 13:30 ގައެވެ.

ސުޕްރީމް ކޯޓުގެ އަމުރާއި ގުޅިގެން ސަރުކާރު ވައްޓާލަން އުޅުންކަމުގެ ތުހުމައތުގައި ހައްޔަރު ކޮށްފައިވަނީ އެސްއޯ ފުލުހުންގެ ކުރީގެ ކޮމާންޑަރު އިންސްޕެކްޓަރ އޮޕް ޕޮލިސް ސައިފު ހުސެއިން އާއި، ސްޓޭޝަން އިންސްޕެކްޓަރ ފާއިޒް މުޙައްމަދު އާއި ސްވޮޓް ޓީމުގައި މަސައްކަތް ކުރި ސަޖަންޓް އަބްދުﷲ ރިޔާޒާއި ކޯޕްރަލް އަލީ ނަސީރާއި، ކޯޕްރަލް ހަސަން ނަސީރާއި، ކޯޕްރަލް މުޙައްމަދު ޝާމިން އާއި ސަޖަންޓު އަހުމަދު އާސިމް އާއި ސާޖަންޓު އަލީ ރިޟްވާން އެވެ.

މިއަށް ފުލުހުން ވެސް ތިއްބެވީ ގޭ ބަންދުގައެވެ.

މިއަދު އޮންލައިން