އޮޑިޓަރ ޖެނެރަލް ހުންނެވީ ފަންނީ އެހީތެރިކަން ވެސް ފޯރުކޮށްދެއްވަން ތައްޔާރަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
އޮޑިޓަރ ޖެނެރަލް ހުންނެވީ ފަންނީ އެހީތެރިކަން ވެސް ފޯރުކޮށްދެއްވަން ތައްޔާރަށް!
ދައުލަތުގެ އޮޑިޓަރ ޖެނެރަލް ހުންނެވީ ފުރިހަމަ އެއްބާރުލުން ދެއްވުމުގެ އިތުރުން އިންތިޤާލީ މަރުޙަލާއަށް ބޭނުންވާ ފަންނީ އެހީތެރިކަން ވެސް ފޯރުކޮށްދެއްވަން ތައްޔާރަށް ކަމަށް އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިއަދު ވިދާޅުވީ އޮޑިޓަރ ޖެނެރަލް މިކަން ހާމަކުރެއްވީ އިންތިޤާލީ މަރުހަލާގެ ކަންކަން ވިލަރެސް ކުރަމުން ގެންދާ ކޮމިޓީން އޮޑިޓަރ ޖެނެރަލް އާއި ބައްދަލުކުރުމުން ކަމަށެވެ.

ނިމިގެން މިދާ ރައީސް ޔާމީނުގެ ވެރިކަމުގެ 5 އަހަރު ތެރޭގައި ކޮށްފައިވާ ވައްކަމާއި ހިންގާފައިވާ ކޮރަޕްޝަނާއި ބެހޭ މައުލޫމާތު ލިބިފައިވާ ފަރާތްތަކުން އެކަން ހިއްޞާކޮށްދެމުން ގެންދިއުމަށް ވެސް މާރިޔާ ވަނީ އެދިވަޑައިގެންފައެވެ. "މިހާރުވެސް ވަރަށް ތަފްޞީލުކޮށް މައުލޫމާތު ދެމުން އެބަގެންދޭ."
މިއަދު އޮންލައިން