ލިބުނު ގެއްލުމުގެ ބަދަލަށް އެއްމިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަންރާއްޖެޓީވީން އަބްދުއްރަހީމް ގޮވައިގެން ކޯޓަށް

ކިޔުމަށް ހޭދަވާނީ 1މ 35ސ
ލިބުނު ގެއްލުމުގެ ބަދަލަށް އެއްމިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަންރާއްޖެޓީވީން އަބްދުއްރަހީމް ގޮވައިގެން ކޯޓަށް
ރާއްޖެޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމާއި އެސްޓޭޝަންގެ ނޫސްވެރިޔާ މުޙައްމަދު ވިސާމް ދޮގު ތުހުމަތެއްގައި ހައްޔަރުކޮށް އެސްޓޭޝަންގެ އަގު ވައްޓާލި ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްރުއްރަހީމް އަބްދުﷲ އަތުން އެގެއްލުމުގެ ބަދަލެއްގެ ގޮތުގައި އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން ރާއްޖެ ޓީވީ އިން ދައުވާ ކޮށްފިއެވެ.

މޫނު ނިވާކޮށްގެން، ފުލުހުންގެ ޔުނިފޯމުގައި ތިބި ބަޔަކު ސަރުކާރަށް އިންޒާރުދޭ ވީޑިއޯއެއް މިއަހަރުގެ ފެބްރުއަރީ މަސް ތެރޭގައި އާންމުވެފައިވާއިރު، އެވީޑިއޯ އުފައްދާ އަޕްލޯޑު ކުރިކަމުގެ ތުހުމަތުގައި އާމިރާއި ވިސާމް ވަނީ ހައްޔަރުކޮށް ދިހަ ދުވަސް ވަންދެން ޖަލުގައި ބަންދުކޮށްފައެވެ.

އެދެމީހުން ދޫކޮށްލާފައިވަނީ އެމައްސަލާގައި އާމިރާއި ވިސާމް ދޫކޮށްލާފައިވަނީ އެމައްސަލާގައި އެދެމީހުންނާއި ދެކޮޅަށް ހެކި ނެތުމުންނެވެ.

އާމިރާއި ވިސާމް ހައްޔަރު ކުރުމާއި ގުޅިގެން އަބްދުއްރަހީމް ދެއްކެވި ވާހަކަތަކުގެ ސަބަބުން ރާއްޖެޓީވީ އާއި އެދެނޫސްވެރިންގެ އަބުރު ކަތިލެވިފައިވާ ކަމަށް ބުނެ އެމައްސަލައިގައި އޭނާއާއި ދެކޮޅަށް އަބުރުގެ ދައުވާ ކޮށްދިނުމަށް އެދި ރާއްޖެޓީވީ އިން ވަނީ މިއަދު ސިވިލް ކޯޓަށް އެމައްސަލަ ހުށަހަޅާފައެވެ.

ރާއްޖެޓީވީ ގެ ފަރާތުން އެމައްސަލަ ހުށަހެޅުމަށް އެސްޓޭޝަންގެ ވަކީލު ސިވިލް ކޯޓު ސަރަޙައްދުގައި ހުރެ ދިން ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ، ރާއްޖެޓީވީ އަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ނަގައިދިނުމަށް އެދިފައިވާނެ ކަމަށެވެ.

ރާއްޖެޓީވީ އަކީ ޓެރަރިޒަމް އަށް ހިތްވަރުދޭ ސްޓޭޝަނެއްގެ ގޮތުގައި ޕީޕީއެމް އިން ވަނީ ބުނެފައެވެ. އަދި ބްރޯޑްކާސްޓިން ކޮމިޝަނުން ހަތަރު ފަހަރެއް މަތިން ވަނީ އެސްޓޭޝަން އެތައް މިލިއަން ރުފިޔާއަކުން ޖޫރިމަނާ ވެސް ކޮށްފައެވެ.
މިއަދު އޮންލައިން