ހުކުމްގެ މައްސަލަ ނުނިމުނު ނަމަވެސް ނޮވެމްބަރ 1 ގައި ރާއްޖެ ދާނަން: ރައީސް ނަޝީދު

ކިޔުމަށް ހޭދަވާނީ 53ސ
ހުކުމްގެ މައްސަލަ ނުނިމުނު ނަމަވެސް ނޮވެމްބަރ 1 ގައި ރާއްޖެ ދާނަން: ރައީސް ނަޝީދު
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ 13 އަހަރު ދުވަހުގެ ޖަލު ހުކުމުގެ މައްސަލަ ނުނިމުނު ނަމަވެސް، މިއަހަރުގެ ނޮވެމްބަރ މަހުގެ 1 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު އިއްޔެ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ އިސްވެރިންނަށް އެމަނިކުފާނު ފޮނުވި މެސެޖެއްގައި ވިދާޅުވެފައިވަނީ، ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމުގެ މައްސަލަ ނުނިމުނު ނަމަވެސް، މާލެ ވަޑައިގަތުމަށް އެމަނިކުފާނު ނިންމަވާފައިވާ ކަމަށެވެ.

"އެންމެ ބޭފުޅުންގެ މައުލޫމާތަށްޓަކައި ދަންނަވާލަން. އަޅުގަނޑު ގަސްދުކުރަނީ ނޮވެމްބަރ އެއް ވަނަ ދުވަހު ރާއްޖެ ދާން. އެހާ އިރަށް އަޅުގަނޑުގެ މައްސަލަ ނުނިމުނު ނަމަވެސް އަޅުގަނޑު ގަސްދުކުރަނީ ވީ ހާލެއްގައި ވާން ރާއްޖެ ދިޔުމަށް" ރައީސް ނަޝީދު ފޮނުއްވި މެސެޖުގައިވެއެވެ.


މިއަދު އޮންލައިން