ސާބިތު ޚަރަދުތައް ނުދައްކާ މީހުންގެ މައުލޫމާތު އާންމުކުރަނީ

ކިޔުމަށް ހޭދަވާނީ 41ސ
ސާބިތު ޚަރަދުތައް ނުދައްކާ މީހުންގެ މައުލޫމާތު އާންމުކުރަނީ
އާއިލީ މައްސަލަތަކުގައި ދައްކަންޖެހޭ ސާބިތު ޚަރަދުތައް ނުދައްކާ މީހުންގެ ނަންތައް އާންމު ކުރަން ފެމިލީ ކޯޓުން ނިންމައިފިއެވެ.

ފެމިލީ ކޯޓުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ކޯޓަށް ދައްކަންޖެހޭ ސާބިތު ޚަރަދުތެ ފައިސާ ހުކުމާ އެއްގޮތަށް ދައްކަމުން ނުދާ ފަރާތްތަކުގެ މައުލޫމާތު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކޮންމެ ތިން މަހުން އެއްފަހަރު އާންމުކޮށް ޝާއިއު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ސާބިތު ޚަރަދުގެ ގޮތުގައި ފެމިލީ ކޯޓުން ބަލަނީ އިއްދައިގެ ޚަރަދާއި ދަރިންގެ ޚަރަދެވެ. އެފަދަ ޚަރަދު ހުކުމާ އެއްގޮތަށް ނުދައްކާ މީހުންގެ ޕާސްޕޯޓު ހިފަހައްޓާ އެމީހުން ފުރުން މަނާކޮށް، އެކައުންޓު ފްރީޒް ކުރުމުގެ ބާރުވެސް ފެމެލީ ކޯޓަށް އޮވެއެވެ.
މިއަދު އޮންލައިން