އެކޮމިޝަނުން މިއަދު ބުނެފައިވަނީ އީސީގެ މެމްބަރު އަލީ ނަޝާތު ގެ އާއިލާއަށް އެކި ފަރާތްތަކުން ބިރުދައްކަމުންދާތީ އީސީ އިން އެއަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
ނަޝާތު އާއި އަދި ގުޅޭގޮތް ނުވުމުގެ ސަބަބުން، މިކަމާއި ގުޅޭ އިތުރު މައުލޫމާތު އަދި ލިބިފައެއް ނުވެއެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ވަގުތީ އަދި ރަސްމީ ނަތީޖާ އިއުލާނު ކުރެވުނު ދުވަހުން ފެށިގެން، އެކޮމިޝަންގެ ރައީސް އާއި މެމްބަރުންގެ އިތުރުން މުވައްޒަފުންނަށް ވެސް ބައެއް މީހުން ތަފާތު އެކިއެކި ތުހުމަތުކޮށް ފާޑު ކިޔަމުންދާ ކަމަށް ކަން ފާހަގަ ކުރެވެއެވެ.
EC ge member Ali Nashathge aailaayah eki faraaithakun birudhakkamun dhaathee EC in e amalu harukashi ibaaraathun kuhveri koffi
— Elections Commission (@ElectionsMv) October 3, 2018