މެލޭސިޔާގެ ކުރީގެ މެޑަމް ރޮސްމާ ކޮރަޕްޝަން މައްސަލަތަކެއްގަ ހައްޔަރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
މެލޭސިޔާގެ ކުރީގެ މެޑަމް ރޮސްމާ ކޮރަޕްޝަން މައްސަލަތަކެއްގަ ހައްޔަރުކޮށްފި
މެލޭސިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤުގެ އަނބިކަނބަލުން، ކުރީގެ މެޑަމް ރޮސްމާ ކޮރަޕްޝަން މައްސަލަތަކެއްގައި އެޤައުމުގެ އެންޓިކޮރަޕްޝަން އިދާރާއިން ހައްޔަރުކޮށް ބުރާސްފަތި ދުވަހު ކޯޓަށް ހާޟިރުކުރަން ނިންމައިފިއެވެ.

ނަޖީބު ރައްޒާޤުގެ ވެރިކަމުގައި ހިންގާފައިވާ އެތައް ބިލިއަން ޑޮލަރުގެ ކޮރަޕްޝަން މައްސަލަތަކާއި ގުޅިގެން މިހާރުވެސް ވަނީ 3 ފަހަރެއްގެ މަތިން ކުރީގެ މެޑަމް ރޮސްމާ އާއި ސުވާލުކޮށްފައެވެ. އެންމެފަހުން ބޭއްވި ސުވާލުކުރުން ވަނީ 7 ގަޑިއިރަށް ދެމިގެން ގޮސްފައެވެ.

ކުރީގެ މެޑަމް ރޮސްމާ ހާޒިރުކުރިއިރު އެތަނުގައި ތިބި ނޫސްވެރިންނަށަ ބަލާލައި ހިނިތުންވެލިއެވެ. ނަމަވެސް ސުވާލުކުރުމުގެ ފުރުޞަތެއް ނުދެއެވެ. ރިޕޯޓްތައް ބުނާ ގޮތުން ތަފާތު 20 މައްސަލައެއްގައި ކުރީގެ މެޑަމް ރޮސްމާގެ މައްޗަށް ދައުވާ ކުރެވޭނެއެވެ.
މިއަދު އޮންލައިން