ނައިބް ރައީސް ޖިހާދު، އިންތިޚާބީ ރައީސަށާ ނައިބް ރައީސަށް މަރުޙަބާ ވިދާޅުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ނައިބް ރައީސް ޖިހާދު، އިންތިޚާބީ ރައީސަށާ ނައިބް ރައީސަށް މަރުޙަބާ ވިދާޅުވެއްޖެ
ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށާއި ނައިބް ރައީސް ފައިޞަލް ނަސީމަށް ރާއްޖޭގެ ނައިބް ރައީސް ޢަބްދުﷲ ޖިހާދު މަރުޙަބާ ވިދާޅުވެއްޖެއެވެ.

މިއަދުނޫހަށް މައުލޫމާތު ދެއްވަމުން ޖިހާދު މިރޭ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވެސް ވަނީ އިންތިޚާބުގެ ނަތީޖާ ޤަބޫލުފުޅު ކުރައްވާފައި ކަމަށާއި ނަތީޖާ ގަބޫލު ނުކުރަންޖެހޭ އެއްވެސް ކަމެއް އިންތިޚާބާއި ގުޅިގެން ހިނގާފައިވާ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

އެމްއެމްއޭގެ ގަވަރުނަރުކަމާއި މާލީ ވަޒީރުކަން ދިގު މުއްދަތެއްގައި ކުރައްވާފައިވާ ޖިހާދު ވިދާޅުވީ މިއީ އެންމެން އެއްބައިވަންތަވެ ޤައުމަށް ވީހައި ބޮޑު ކުރިއެރުމެއް ހޯދައިދޭން މަސައްކަތްކުރަންވީ ވަގުތު ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. ޚާއްޞަކޮށް ޤައުމުގެ ހަމަޖެހުމަށާއި އަމާންކަމަށް އިސްކަންދީ، އިޤްޠިޞާދަށް އިތުރު ކުރެރުން ލިބޭނެ ގޮތްތަކަށް މަސައްކަތްކުރަންވީ ވަގުތު ކަމަށެވެ.

ޖިހާދު ވަނީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ޤައުމަށް ހޯއްދަވައި ދެއްވުމަށް ވަރަށް ގިނަ މަސައްކަތްޕުޅުތަކެއް ކޮށްދެއްވައިފައެވެ. ހަމައެއާއިއެކު މާލީ ވަޒީރު ކަމުގައި ހުންނަވަނިކޮށް ރާއްޖެއަށް ކުރިމަތިވި ދަތިތަކާއިއެކުވެސް ޤައުމުގެ ބަޖެޓް މެނޭޖް ކުރެއްވުމަށް ވެސް ވަނީ ވަރަށް ކާމިޔާބު މަސައްކަތްތައް ކުރައްވައިފައެވެ.


މިއަދު އޮންލައިން