12 މެންބަރުންގެ ގޮނޑި ނުގެއްލޭކަމަށް އިލެކްޝަންސުން ނިންމި ނިންމުން ސްޕްރީމް ކޯޓުން ބާޠިލުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
12 މެންބަރުންގެ ގޮނޑި ނުގެއްލޭކަމަށް އިލެކްޝަންސުން ނިންމި ނިންމުން ސްޕްރީމް ކޯޓުން ބާޠިލުކޮށްފި
އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައިވާ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމި ނިންމުން ސްޕްރީމް ކޯޓުން ބާޠިލުކޮށްފިއެވެ.

މިކަމާއި ގުޅިގެން ސްޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގައި ބުނެފައިވަނީ 12 މެންބަރުންގެ މައްސަލަ ސްޕްރީމް ކޯޓުން ގެންދަނީ ބަލަމުން ކަމަށާއި އެމައްސަލަ ސްޕްރީމް ކޯޓުން ބަލަމުން ގެނަދަނިކޮށް އެކަމުގައި ގޮތެއް ނިންމުމުގެ ބާރު އެހެން އެއްވެސް ފަރާތަކަށް ލިބިގެން ނުވާ ކަމަށެވެ.

ސްޕްރިމް ކޯޓުހެ އަމުރުގައި ބުނެފައިވަނީ އެއަމުރުގައި ބަޔާންކޮށްފައިވާ 12 މެމްބަރުން ހިމަނައިގެން ރައްޔިތުންގެ މަޖިލީހުގައި ބާއްވާ ޖަލްސާއެއްގައި ނުވަތަ ކޮމެޓީއެއްގައި ނިންމާ ކޮންމެ ނިންމުމެއް ވާނީ އޭގެ ޒާތުގައި ވެސް ބާތިލު އަދި ޣައިރު ދުސްތޫރީ ނިންމުމަކަށް ކަމަށެވެ.

ސްޕްރީމް ކޯޓުގެ ބަޔާން
މިއަދު އޮންލައިން