ރާއްޖޭގެ އޮޕަރޭޝަން ޑޮކްޓަރ އެސޯސިއޭޝަނާއި އޭޝިއަން ސޮސައިޓީ އޮފް މެސްޓޮލޮޖީ (އެސޯމާ) ގުޅިގެން ހައްލު ހޯދޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ތިން ދުވަހުގެ ކޮންފަރެންސެއް ފަށައިފިއެވެ.
ހޮޓެލް ޖެން ގައި މިރޭ ފެށި މި ކޮންފެރެންސް ގައި ދުނިޔޭގެ 10 ޤައުމަކުން 70 އަށްވުރެ ގިނަ މަންދޫބުން ބައިވެރި ވެފައިވެއެވެ.
މިޚާއްސަ ކުންފުނީގެ އެއް ބައިވެރިއަކީ ރާއްޖޭގައި އެންމެ ޒަމާންވީ ވިޔަފާރިއެއް ކުރަމުންދާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އެވެ.
އަސޯމާ އަކީ އުރަމަތީގެ ކެންސަރަށް ރައްޔިތުން އަހުލުވެރި ކުރުވާ އަދި އެބަލީގެ ސަބަބުން ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް، އޭޝިއާގެ ޤައުމުތައް އެކުވެގެން އުފައްދާފައިވާ ޖަމާއަތެކެވެ. އަދި މި ޖަމާއަތުގައި 28 ޤައުމެއް ހިމެނެއެވެ.
މިރޭ ބޭއްވިގެން ދިޔައީ އެކޮންފަރެންސް ގެ ދެވަނަ އަހަރީ ކޮންފެރެންސެވެ. މީގެ ދެ އަހަރު ކުރިން ސިންގަޕޫރުގައި ބޭއްވުނު ބައްދަލުވުމެއްގެ ތެރެއިން އުފެދުނު މިއެސޯސިއޭޝަން ގެ ފުރަތަމަ ކޮންފެރެންސް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި އިންޑިއާގެ ދިއްލީގައެވެ.
މިކޮންފެރެންސާއި ގުޅޭގޮތުން ރާއްޖޭގެ ނަން މަޝްހޫރު އޮޕަރޭޝަން ޑޮކްޓަރ ޑރ. ޝިފާން ވިދާޅުވީ، މިކޮންފެރެންސްގެ ތެރެއިން އޭޝިއާގައި ކުރެވޭ ހުރިހާ ރިސާޗްތަކާއި އެޖަމާއަތުގެ މީހުން އެކުލެވޭ ގޮތަށް ހޯދޭ ތަފާސް ހިސާބުތަކާެި އެކި ޤައުމުތަކުން މިކަން ހައްލު ކުރެވޭނެ ގޮތްތައް ވެސް މަޝްވަރާ ކުރެވޭނެ ކަމަށެވެ.