12 މެމްބަރުންގެ ގޮނޑީގެ މައްސަލައިގައި އީސީގެ ނިންމުމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ތާއީދު

ކިޔުމަށް ހޭދަވާނީ 1މ 19ސ
12 މެމްބަރުންގެ ގޮނޑީގެ މައްސަލައިގައި އީސީގެ ނިންމުމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ތާއީދު
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައި ކަމަށް ކަނޑައަޅާފައިވާ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ނިންމި ނިންމުމަށް، ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ޙުސެއިން ތާއީދު ކުރައްވައިފިއެވެ.

މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް އިއްޔެ އީސީ އިން ނިންމި ނިންމުން، ސުޕްރީމް ކޯޓުން ބާތިލު ކުރުމުގެ ކުރިން، ފާއިޒް އޭނާގެ ފޭސްބުކް އެކައުންޓުގައި ލިޔުއްވާފައިވަނީ، އީސީގެ ނިންމެވުން ރަނގަޅުކަމަށް ޤަބޫލުކުރަން ޖެހޭ ގިނަ ސަބަބުތަކެއް އެބަހުރި ކަމަށާއި އެގޮތުން މަޖިލިސް މެމްބަރުންގެ ގޮނޑީގެ މައްސަލަތަކުގައި މީގެކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ވަކިވަކި މައްސަލަތަކަށް ބަލާއިރު ތިން ކަމެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެކަންތައް ފާހަގަ ކުރައްވާ ކުރިގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޤާނޫނު އަސާސީގެ 74 ގެ ދަށުން ނޫން ގޮތަކަށް މެމްބަރުންގެ ގޮނޑިއާއިމެދު ނިންމާ ކޮންމެ ނިންމުމަކީ އެނިންމުމަށް ގަޒިއްޔާ ހައްލު ބޭނުންވާނެ ނުވަތަ އިދާރީ ނޭޗަރ ނިންމުމެއް ކަމަށެވެ.

މީގެއިތުރުން ފާއިޒް ވިދާޅުވީ، އެހެންނަމަވެސް މެމްބަރުންގެ ގޮނޑި ގެއްލިއްޖެކަމުގެ އެންމެ ފަހުގެ ނިންމުން ނިންމުމުގެ ބާރު އޮތީ ސުޕްރީމް ކޯޓަށް އެކަނިކަމަށާއި އެކޯޓުން މީގެކުރިން 12 މެމްބަރުންގެ ގޮނޑިއާއި ގުޅިގެން ބަލާފައިވާ މައްސަލަތަކުގައި ވަގުތީ އަމުރުގެ ދަށުން ކަމާއި ބެހޭ މުއައްސަސާތަކަށް އަންގާފައިވަނީ ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން އެމެމްބަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނޫންކަމަށް ނުބެލުމަށެވެ.


މިއަދު އޮންލައިން