ކޮންމެ ޙާލަތެއްގައިވެސް ޙައްޤު ބަސް ހާމަކުރެވެން ޖެހޭނެ ކަމަށާއި އެކަން ކުރަންޖެހެނީ ބާރު ލިބުމުން އެކަންނި ނޫން ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޟް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން ވަކި ފަރާތަކަށް ޖެހިގެން ރިޔާސީ މެންޕޭނުކުރިކަން ބްރޯޑްކާސްޓަރުންގެ ބެލެނިވެރިޔާ ކަމަށްވާ ބްރޯޑްކޮމް އަށް އެނގެންވީ މިއަދު ނޫން ކަމަށާއި އެކަން އެނގި ފިޔަވަޅު އަޅަންވީ ދުވަސް ފާއިތުވެގެން ހިނގައްޖެ ކަމަށެވެ.
ޕީއެސްއެމުން ރިޔާސީ ކެންޕޭނު ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ފައުޅުކަންބޮޑު ގޮތެއްގައެވެ. ޕީއެސްއެމް އިން ބްރޯޑްކާސްޓް ކުރި ކޮންޓެންޓްތައް ރައީސް ޔާމީނުގެ ފަޅިއަށް 100 ޕަސަންޓް ބުރަކުރުމުގެ އިތުރުން ޕީއެސްއެމްގެ އެންމެ އިސް ވެރިން ވަނީ ޕީޕީއެމްގެ ބައްދަލުވުންތަކުގައި ބައިވެރިވެ އެމްސީކަންކޮށް ޕީޕީއެމްގެ އެކްޓިވިސްޓުން ފަދައިން ހަރަކާތްތެރިވެފައެވެ.
މީގެ އިތުރުން ޕީއެސްއެމުން ހިންގި އެންމެ ބޮޑު އެއް ޖަރީމާއަކީ ސަރުކާރުން ރަށްރަށުގައި ނުހިންގާ މަޝްރޫއުތައްވެސް ހިންގި ކަމަށް ހަދައި ރިޕޯޓްތައް ޢާނުމުކުރުމެވެ. މީގެ އިތުރުން ސަރުކާރުން ނުކުރާ ޚަރަދުތައް ކުރި ކަމަށް ހަދައިގެންވެސް ރިޕޯޓްތައް ވަނީ ޢާންކޮށްފައެވެ.
މީގެ އިތުރުން ރަށްރަށުން މިކަންކަމުގައި ކަންބޮޑުވާކަމުގެ ޚަބަރު ލިޔުމުން ޕީއެސްއެމްގެ ވެރިން ވަނީ ނޫސްތަކަށް ގުޅައި ބިރުވެސް ދައްކައިފައެވެ. މިއަދުނޫހަށްވެސް ވަނީ ބިރު ދައްކައިފައެވެ.
Konme Haalatheh gai ves haggu bas faalhu kureven jeheyne eve. Ekan kuran jeheny baaru libumun ekanyeh nooneve. PSM in vaki faraathakah jehigen riyaasee campaign kuri kan broadcom ah engenvee miadhaku nooneve. Ekan engi fiyavalhu alhanvee dhuvas faaithuve hingajje eve.
— Dr Mohamed Iyaz (@dr_iyaz) October 4, 2018