ޤާސިމް ރާއްޖެވަޑައިގެންފި
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤސިމް އިބްރާހީމް ރާއްޖެ ވަޑައިގެންނެވި ފްލައިޓު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޖައްސައިފިއެވެ. ޤާސިމް އިބްރާހީމް ފްލައިޓުން ފައިބާ ވަޑައިގެން ގެންދަވަނީ ސަޕޯޓަރުންނާއި ސަލާމް ކުރައްވަމުންނެވެ. ﷲ ވާގިފުޅާއިއެކު އެމަނިކުފާނު ދާދި ކުޑައިރުކޮޅެއްގެ ތެރޭގައި މާލެ ވަޑައިގަންނަވާނެއެވެ.
ޤާސިމް އިބްރާހީމް އަށް މަރުޙަބާ ދެންނެވުމުގައި އެއާޕޯޓުގައި އެންމެ އިސްކޮށް ތިއްބެވީ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި ނައިބް ރައީސް ފައިޞަލް ނަސީމް އާއި ކޯލިޝަނުގެ އިސް ބޭފުޅުންނެވެ.
ޤާސިމް އިބްރާހީމް ރާއްޖެ ވަޑައިގަތީ ހަމަ ޖޭޕީގެ ލީޑަރުގެ ގޮތުގައެވެ. އެމަނިކުފާނުގެ ކިބައިން އެކަން ގެއްލުވައިލަން ފިވަވަޅު އެޅި މީހުން ގަދަކަމުން ލިބިގަތް މީހުން ލިބިގަތް މަޤާމު ޞައްޙަ ނޫންކަމަށް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ ބުނެފައެވެ.
ޤާސިމަށް މަރުޙަބާ ދެންނެވުމަށް މާލެއާ ހުޅުމާލޭގައި އެއްވެ ތިބި ރައްޔިތުންގެ ޝުޢޫރު:
"އަޅުގަނޑުމެންގެ ލީޑަރަށް އަޅުގަނޑުމެންގެ ހިތުގައި އޮތް ލޯބި ޖަހައެއް ނުގަނެވޭނެ. އެއީ ހިތުގެ އެން އަޑީގައި އޮތް އެއްޗެއް. ކޮންމެ ޙާލެއްގައިވެސް އަޅުގަނޑުމެން ތިބޭނީ ލީޑަރާއެކު.. އެއީ މަޤާމުގެ ލީޑަރެއް ނޫން. އެއީ އަޅުގަނޑުމެންގެ ހިތްތަކުގެ ލީޑަރު.