ކާނަލް ނާޒިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ދީފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 34ސ
ކާނަލް ނާޒިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ދީފި
ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ކަރެކްޝަނަލް ސާވިސް އިން މިއަދު ދީފި އެވެ.

މައުލޫމާތުލިބިފައިވާ ގޮތުގައި ނާޒިމްގެ ސިއްހީ ސީރިއަސް މައްސަލައަކާ ގުޅިގެން ފުރުމުގެ ހުއްދަ ކަރެކްޝަނަލް ސާވިސް އިން ދިނީ އެޗުއާރުސީއެމްގެ އެދުމުމުގެ މަތިންނެވެ.

ނާޒިމްގެ އާއިލާއާ ގުޅިގެން ކަރެކްޝަނުން މަސައްކަތްކުރަމުން އަންނަނީ މިރޭ ނާޒިމް ރާއްޖެއިން ބާރަށް ފޮނުވާލެވޭތޯއެވެ. އެހެންނަމަވެސް ދަނީ ކޮންގައުމަކަށް ކަމެއް އަދި ސާފެއްނުވެއެވެ.

ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލާގައި ނާޒިމް އަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.
މިއަދު އޮންލައިން