ހައްޔަރު ކުރި އަށް އެސްއޯ ފުލުހުން ވެސް ދޫކޮށްލައިފި

ކިޔުމަށް ހޭދަވާނީ 1މ 10ސ
ހައްޔަރު ކުރި އަށް އެސްއޯ ފުލުހުން ވެސް ދޫކޮށްލައިފި
ސުޕްރީމް ކޯޓުން މިއަހަރުގެ 1 ފެބްރުއަރީ ގައި ނެރުނު އަމުރާއި ގުޅިގެން ހައްޔަރުކުރި ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސް (އެސްއޯ) ގެ އަށް އޮފިސަރުން މިނިވަން ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން އެއޮފިސަރުންގެ މައްސަލައިގެ ޝަރީއަތް އިއްޔެ ފަށާފައިވާއިރު، އިއްޔެ ވަނީ އެސްއޯގެ ކުރީގެ ކޮމާންޑަރު ސައިފް އާއި ޑެޕިއުޓީ ކޮމާންޑަރު ފާއިޒް މުޙައްމަދު މިނިވަން ކޮށްފައެވެ.

މިއަދު އެކޯޓުން މިނިވަން ކޮށްފައިވަނީ ފުލުހުންގެ ސްވޮޓް ޓީމުގައި ހިމެނޭ ސާޖެންޓް މުޙައްމަދި ރިޝްވާނާއި ސާޖަންޓު އަބްދުﷲ ރިޔާޒާއި ސާޖެންޓު އަހުމަދު އާސިމާއި ކޯޕްރަލް ހަސަން ނަސީރާއި ކޯޕްރަލް އަލީ ނަސީރުގެ އިތުރުން ކޯޕްރަލް މުޙައްމަދު ޝާމިނެވެ.

ހައްޔަރު ކުރި އަށް އޮފިސަރުން ވެސް މިނިވަން ކޮށްފައިމިވަނީ އެމީހުން އިތުރަށް ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން އަންގާފައިވާތީއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރި ފަހުން އެއަށް އޮފިސަރުން ހައްޔަރުކޮށް ބަންދުކުރީ، ހެއްކަށް ނުފޫޒު ފޯރުވާފާނެ ކަމަސް ބުނުމަށްފަހުއެވެ. ނަމަވެސް މިހާތަނަށް ވެސް އެމީހުންގެ ކިބައިން އެފަދަ އެއްވެސް ކަމެއް ފެނިފައި ނުވާތީ އެކަން ޕީޖީގެ ވަކީލު ކޯޓުގައި ފާހަގަ ކުރުމުން، އެމީހުންގެ ބަންދާމެދު ޝަރީއަތުން ގޮތެއް ނިންމުމަށް އެދުމުން ޝަރީއަތުން ވަނީ އެމީހުން ދޫކޮށްލުމަށް އަމުރުކޮށްފައެވެ.

މިއަދު އޮންލައިން