ރޭއަޅުކަން ކުރަން ޤަޞްދުކޮށްގެން ނިދަން އޮށޯވެ، ހޭނުލެވުނު މީހަކަށް ރޭ އަޅުކަން ކުރުމުގެ ސަވާބު ލިބޭނެ. ނިދުން ވެސް ވާނީ ޞަދަޤާތަކަށް: ޝައިޚް އަޙްމަދު ރިމާޒް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ރޭއަޅުކަން ކުރަން ޤަޞްދުކޮށްގެން ނިދަން އޮށޯވެ، ހޭނުލެވުނު މީހަކަށް ރޭ އަޅުކަން ކުރުމުގެ ސަވާބު ލިބޭނެ. ނިދުން ވެސް ވާނީ ޞަދަޤާތަކަށް: ޝައިޚް އަޙްމަދު ރިމާޒް
"ރޭއަޅުކަން ކުރަން ޤަޞްދުކޮށްގެން ނިދަން އޮށޯވެ، ހޭނުލެވުމުގެ ސަބަބުން ރޭއަޅުކަން ނުކުރެވުނު މީހަކަށް ރޭ އަޅުކަން ކުރުމުގެ ސަވާބު ލިބިގެންދާނެއެވެ. އަދި އޭނާގެ ނިދުމަކީވެސް ޞަދަޤާތެއްގެ ގޮތުގައި ލެއްވެވިގެންދާނެއެވެ."

- ޝައިޚް އަޙްމަދު ރިމާޒް

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މިފަދަ ކަންކަމުގައި މިހާގެ އިޚްލާޞްތެރިކަން ވަރަށް މުހިންމެވެ. ރޭއަޅުކަން ކުރަން ހޭލުމަށް އިޚްލާޞްތެރި ކަމާއިއެކު ނިޔަތް ގަންނަންވާނެއެވެ. އަދި އެމީހާއަކީ ރޭ އަޅުކަން ކުރާ މީހަކަށްވެސް ވާންވާނެއެވެ.

ރޭ އަޅުކަން ކުރުމަކީ އެންމެ މަތިވެރި އެއް އަޅުކަމުގެ ގޮތުގައިވެސް ބައެއް ޢިލްމުވެރިން ފާހަގަކުރައްވަވައެވެ. އެހެނީ ޢާންމުގޮތެއްގައި ރޭއަޅުކަން ކުރަނީ ރޭ ގަނޑުން ބައެއްގައި ނިދުމަށްފަހު ހޭލައެވެ. ދިވެހިންނަކީ ލަހުން ނިދަން އާދަވެފައި ތިބި ބައަކަށްވާތީ ނިދާފައި ރޭ އަޅުކަން ކުރަން ހޭލުމަކީ ކުރަން އެހައި ފަސޭހަ ކަމަކަށް ނުވެއެވެ.

ރޭ އަޅުކަން ކުރާ މީހުންވެސް ޢާންމު ގޮތެއްގައި ރޭ އަޅުކަން ކުރަނީ ފަތިސް ނަމާދު ވަގުތުވުމުގެ އިރުކޮޅެއްކުރިން ހޭލައިގެންނެވެ. ރޭ އަޅުކަން ކުރުން އެންމެ ރަނގަޅު ވަގުތެއް ކަމަށް ޢިލްމްވެރިން ބަޔާން ކުރައްވަވަނީ ރޭގަނޑުގެ 3 ބައިން ފަހުބައިގައެވެ. ޢިޝާ ނަމާދުން ފެށިގެން ފަތިސްވުމާއި ހަމައަށް ރޭ އަޅުކަމުގެ ވަގުތު ދެމިގެންވެއެވެ. އެހެންކަމުން ކުރިއާލައި ހޭލައި ފަތިސް ނަމާދަށް ބަންގި ގޮވުމުގެ ކުރިން ކުރުމުން ރޭއަޅުކަން ކުރެވުނީއެވެ.
މިއަދު އޮންލައިން