ނަމާދަށް ހުންނައިރު ލޯމަރައިގެން ހުރުމަކީ މަކުރޫހަކަމެކެވެ. އެއީ ޔަހޫދީން ކުރާ ކަމެކެވެ. ނަމަވެސް އެއްޗެއް ފެނުމުގެ ސަބަބުން އުނދަނގޫވާ މީހާ ނުވަތަ ލޯމަރައިގެން ހުރެ ނޫނީ ޚުޝޫޢަތްތެރި ނުވެވޭ މީހާ ލޯމަރައިގެން ހުރެ ނަމާދުކުރުމަކީ މަކްރޫހަ ކަމެއް ނޫނެވެ.
-ޝައިޚް ޝާފިޢު
ނަމާދަށް ހުންނައިރު ބަލަން ޖެހޭނީ ސަޖިދަ ކުރާތަނަށެވެ. އެހެން ދިމާއަކަށް ބަލާ ވަގުތުން ފެށިގެން ﷲ ތަޢާލާ އެމީހާއަށް ރަޙްމަތުގެ ބެއްލެވުމުން ބެއްލެވުން ހުއްޓަވައިލައްވަވާނެއެވެ. އައްތަޙިއްޔާތު ކިޔާއިރު ބަލާނީ ކަނައަތުގެ ޝަހާދަތް އިނގިއްޔަށެވެ.
- ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް