ހިތް އެދޭހައި ގޮތަކަށް އަމަލުކޮށްގެން ނުވާނެ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ހިތް އެދޭހައި ގޮތަކަށް އަމަލުކޮށްގެން ނުވާނެ: މުފްތީ މެންކް
ބައެއް މީހުން ވަރަށް ގިނައިން ބުނެއެވެ. ތިބާގެ ހިތް އެދޭ ގޮތަށް ޢަމަލުކުރާށެވެ. އަދި ބައެއް މީހުން އަމަލުކުރަނީވެސް ހިތް އެދޭ ގޮތަށެވެ. ނަމަވެސް މިއީ ރަނގަޅު ގޮތެއް ނޫނެވެ.

ހިތަކީ ވަރަށް ގިނަ ކަންތައްތަކަށް އެދޭ އެއްޗެކެވެ. ހިތް އެދޭހައި ކަމެއް ކޮށްގެން ނުވާނެއެވެ. ހިތް ކިތަންމެ ވަރަކަށް ކަމަކަށް އެދުނު ނަމަވެސް ކުރަންވާނީ ﷲ ތަޢާލާ ހުއްދަ ކުރެއްވެވި ކަންކަމެކެވެ.

ތިބާއަށް ފައިދާ ކުރާނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކަންކަން ކުރުމުންނެވެ. ﷲ ތަޢާލާ އަންގަވާފައިވާ ކަންކަން ކުރުމުންނެވެ. ތިބާ އާއިއެކު ރަނގަޅު ގޮތުގައި ދެމިހުންނާނީ ﷲ ތަޢާލާގެ މަގުގައި ކުރާ ކަންކަމެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ކުރާ ކަންކަމެވެ. އެނޫން ކަންކަން ދާދި އަވަހަށް ތިބާ އާއިވަކިވެގެންދާނެއެވެ. އެކަންކަމުގެ ސަބަބުން ތިބާއަށް ލިބިގެންދާނީ މާޔޫސް ކަމެވެ. ގެއްލުމާއި އަނިޔާއެވެ.

ވީމާ ހިތް އެދޭހައި ކަމެއް ކުރުމެއް ނެތެވެ. ހިތް ކިތަންމެ ވަރަކަށް ކަމަކަށް އެދުނު ނަމަވެސް ކޮންމެ ކަމެއްވެސް ކުރަންވާނީ އެކަމަކީ ﷲ ތަޢާލާ ހުއްދަ ކުރައްވަވާފައިވާ ކަމެއްކަން ކަށަވަރުކުރުމަށްފަހުގައެވެ. އަމިއްލަ އަށް ގޮތެއް ނުނިންމޭ ކަންކަމުގައި އިސްތިޚާރާ ކުރާށެވެ. ރަނގަޅުގޮތް ފަހުމްކޮށްދެއްވެވުން އެދި ގިނަގިނައިން ދުޢާކުރާށެވެ!

-‍ މުފްތީ މެންކު
މިއަދު އޮންލައިން