ތިބާގެ ފައިދަށުން އުޑާއި ހަމައަށް ދިއްލިފައިވާ ނޫރެއް ބޭނުންހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ތިބާގެ ފައިދަށުން އުޑާއި ހަމައަށް ދިއްލިފައިވާ ނޫރެއް ބޭނުންހެއްޔެވެ؟
އިބްން ޢުމަރު (ރޢ)ގެ އަރިހުން ރިވާވެގެންވެއެވެ. "ހުކުރު ދުވަހު ކަހަފް ސޫރަތް ކިޔަވައިފި މީހަކަށް އެމީހާގެ ފައިދަށުން ފެށިގެން އުޑާއި ހަމައަށް އަލިކޮށްދޭނެ އައްޔެއް އެމީހަކަށް ދެއްވަވާނެއެވެ. އަދި އެ އައްޔަކީ އެމީހާއަށް ޤިޔާމަތް ދުވަހުވެސް އަލިކަން ލިއްބައިދޭނެ އަލި ކަމެކެވެ. ހަމަ އެއާއެކު އެމީހާއަށް އަނެއް ހުކުރާއި ހަމައަށް ކުރެވޭ ކުދި ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމެކެވެ."

Hazrat Ibn ‘Umar (RA) narrates : “The Messenger of Allah (sallallahu alayhi wa sallam) said: ‘Whoever reads Surah Kahf on the day of Jumu’ah (Friday), a light will emanate for him from beneath his feet to the clouds of the sky, which will be a light for him on the Day of Resurrection, and he will be forgiven (his sins) between the two Fridays.’”

ކަހަފް ސޫރަތުގެ ފުރަތަމަ 10 އާޔަތް ނުވަތަ ފަހު 10 އާޔަތް ހިތުން ދަސްކޮށްފި މީހާ ދައްޖާލުގެ ފިތުނައިން ސަލާމަތް ކުރައްވަވާނެ ކަމަށްވެސް ޙަދީޘްގައި ބަޔާންވެގެން ވެއެވެ.

Hazrat Abu Darda (RA) reported that Rasulullah (sallallahu alayhi wa sallam) said: "Whoever commits to memory the first ten Ayat of the Surah Al-Kahf, will be protected from (the trial of) Dajjal.'' (Sahih Muslim)

In another narration, Rasulullah (sallallahu alayhi wa sallam) said: "(Whoever commits to memory) the last ten Ayat of Surah Al-Kahf, he will be protected from (the trial of) Dajjal.''

ބައެއް މީހުންނަށް ހީވެފައި އޮންނަނީ ހުކުރު ދުވަހު ކަހަފް ސޫރަތް ކިޔެވުމާއި ރަސޫލާ (ޞޢވ)ގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަ ކުރުމަކީ ހަމަ އެކަނި ފިރިހެނުން ކުރަން އޮންނަ ކަމެއް ކަމަށެވެ. ނަމަވެސް އެއީ ރަނަގަޅު ވިސްނުމެއް ނޫނެވެ.

ހުކުރު ދުވަހު ކަހަފް ސޫރަތް ކިޔެވުމާއި ޞަލަވާތް ކިޔެވުން އިތުރު ކުރުމަކީ ނުވަތަ ގިނަ ކުރުމަކީ ހަމަ އަންހުނުންވެސް ކުރަން އޮތް ކަމެކެވެ.

ހުކުރު ވިލޭރެއަށް އިރު އޮއްސުމުން ފެށިގެން ހުކުރު ދުވަހުގެ އިރު އޮއްސިއްޖައުމަށް ދާންދެން ކޮންމެ ވަގުތަކު ކިޔެވި ނަމަވެސް، އަދި ބައި ބައަށް ބަހާލައިގެން ކަހަފް ސޫރަތް ކިޔެވި ނަމަވެސް ވާނީ ހަމަ ހުކުރު ދުވަހު ކިޔެވި ކަމަށެވެ.



މިއަދު އޮންލައިން