ރަސްދޫ މިސްކިތުގެ މުންނާރެއް ވެއްޓިއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 32ސ
ރަސްދޫ މިސްކިތުގެ މުންނާރެއް ވެއްޓިއްޖެ
އއ. ރަސްދޫ ހުކުރު މިސްކިތުގެ މުންނާރެއް މިއަދު ވެއްޓިއްޖެ އެވެ.

މުންނާރު ވެއްޓުނީ މިއަދު ގާތްގަނޑަކަށް މެންދުރު ފަހު 1:45 ހާއިރު ކަމަށް ރަސްދޫ ކައުންސިލުން ބުނެފައެވެ.



ދެ ބުރިއަށް އިމާރާތްކޮށްފައިވާ ހުކުރު މިސްކިތުގެ ދެމުންނާރުގެ ތެރެއިން އެއް މުންނާރު ވެއްޓުން ފިޔަވައި، މިސްކިތެއް އެއްވެސް ގެއްލުމެއް ލިބިފައެއްނުވެއެވެ.



600 އެއްހާ މީހުންގެ ޖާގައިގެ މިސްކިތަކީ ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުންޏެއް ކަމަށްވާ ޔުނިވާސަލް އެންޓަޕްރައިސަސް އިން ބިނާކޮށްފައިވާ މިސްކިތެކެވެ.


މިއަދު އޮންލައިން