ދަރިންގެ ހިތްތަކުގައި އީމާންކަން ވަރުގަދަ ކުރުމަށްޓަކާ ރަސޫލާގެ ސިޔަރަތު ދަސްކޮށްދޭންޖެހޭ: ޝައިޚް އަޒްމަތު ޖަމީލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ދަރިންގެ ހިތްތަކުގައި އީމާންކަން ވަރުގަދަ ކުރުމަށްޓަކާ ރަސޫލާގެ ސިޔަރަތު ދަސްކޮށްދޭންޖެހޭ: ޝައިޚް އަޒްމަތު ޖަމީލް
އަޅުގަނޑުމެންނަށް ކުރިމަތިވަމުން އަންނަ މައްސަލަތައް ކުރިމަތިވަމުން މިއަންނަ އެއް ސަބަބަކީ ހިތްތަކުގައި އީމާންކަން ކުޑަވުމުން ކުރިމަތިވަމުން އަންނަ މައްސަލަތަކެވެ. އެހެންކަމުން ދަރިންގެ ހިތްތަކުގައި އީމާންކަން އިތުރަށް ވަރުގަދަކުރަން އިތުރަށް މަސައްކަތްތަކެއް ކުރަން ވަނީ ޖެހިފައެވެ.

އީމާންކަން އެނގުމަކީ ހަމައެކަނި އީމާންކަމުގެ ވާހަކަ އެނގުން އެކަންޏެއް ނޫނެވެ. އީމާންކަން ފުރިހަމަވާނީ އީމާންވެގެން ހުންނަ ކަންތައްތަކަށް ޢަމަލުވެސް ކުރުމުންނެވެ. އެހެންކަމުން ކީރިތި ޤްރްއާނާއި ސުންނަތުން އެނގެން އޮތް މިންވަރަށް އީމާންކަން ދަސްކޮށް ޢަމަލުކުރަން ޖެހެއެވެ.

ﷲއަށް އީމާންވުމުގެ މާނައިގައި އާޚިރަތް ދުވަސް އަންނާނެ ކަމާއި ހިސާބު ބެލެވޭނެ ކަމާއި އެދުވަހުގެ ހުރިހާ ކަމެއް ހިތުގެ އަޑިން ޤަބޫލުކުރުން ހިމެނެއެވެ. އަދި މިދުނިޔޭގައި މިހިނގާ، ތިމާއަށް މެދުވެރިވާ ކަންކަން މިންވަރު ކުރައްވަވަނީ ﷲ ތަޢާލާ ކަމަށް ޤަބޫލުކުރުންވެސް ހިމެނިގެން ދެއެވެ. ވީމާ މިދެބައިވެސް ހިތުގެ އަޑިން ޤަބޫލުކުރަން ޖެހެއެވެ.

ދުނިޔޭގައި ތިމާ އެދޭ ކަމެއް ޙޢޞިލު ނުވުމުން ކަން ބޮޑުވެގެން އުޅެނީ އަދި މާޔޫސްވެ ގޮތް ހުސްވެގެން ކަންކަން ކުރަނީ އީމާންކަން ކުޑަވުމެވެ. އީމާންކަން ވަރުގަދަކުރަން އެދޭ މީހާ ކީރިތި ޤްރްއާން ކިޔަވައި މާނަ ދަސްކޮށް އަދި އެކަންކަމަށް ވިސްނައި ފިކުރުކުރަން ޖެހޭނެއެވެ. އެކަންކަން ކުރާ މީހުންގެ އީމާންކަން ވަރުގަދަވެގެންދާނެކަން ﷲ ތައާލާގެ ވަޙީ ބަސްފުޅުން އެނގެން އެބަ އޮތެވެ.

ކީރިތި ޤްރްއާނާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ސިޔަރަތާއި ސުންނަތް ދިރާސާކޮށް އުނގެނުމުން ލިބޭ މައުލޫމާތުގެ އަލީގައި އެހެން ދީންތަކުގެ މީހުން ދަނީ އިސްލާމް ވަމުންނެވެ. ނަމަވެސް އަޅުގަނޑުމެންނަށް މިއަދު މިދެވެނީ އެކަންކަމާއި ދުރަށެވެ.

އެގޮތުން ކުރެވިދާނެ އެއް ކަމަކީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އާއި އިތުރު މާތް ޞަޙާބީންގެ ސިޔަރަތު އަޅުގަނޑުމެން ދަސްކުރުމެވެ. ކުދިންނަށް ދަސްކޮށް ދިނުމެވެ. މިކަމުގައި އަޅުގަނޑުމެންނަށް މިވަނީ ވަރަށް ބޮޑަށް އިހްމާލުވެވިފައެވެ. މަޝްހޫރު މީސްމީހުންނާ ކުޅިވަރު ކުޅުންތެރިންގެ ވަނަވަރާއި އެމީސްމީހުންގެ މައުލޫމާތު އަޅުގަނޑުމެންންށާއި ކުދިންނަށް ވަރަށް ރަނގަޅަށް އެނގެއެވެ. ނަމަވެސް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އާއި ބެހޭގޮތުން ސުވާލު ކޮށްފިނަމަ އެނގެނީ ވަރަށް މަދު މިންވަރެކެވެ. އެކަށީގެންވާ މައުލޫމާތެއް ނުއެނގެއެވެ. މިއީ ވަރަށް ހިތާމަހުރިކަމެކެވެ. އަޅުގަނޑުމެންގެ އީމާންކަން ވަރުގަދަކޮށް ދީނުގައި ސާބިތުވެ ތިބުމަށްޓަކައި މިކަންކަން އުނގެނެން އެބަޖެހެއެވެ.

- މިއަދުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ޝައިޚް ޢަޒުމަތު ޖަމީލު ދެއްވި ދަރުސުން
މިއަދު އޮންލައިން