ވަގުން ހައްޔަރުކުރާނެ ކަމުގެ އިންޒާރު ހޯމް މިނިސްޓަރުގެ ނައިބު ދެއްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ވަގުން ހައްޔަރުކުރާނެ ކަމުގެ އިންޒާރު ހޯމް މިނިސްޓަރުގެ ނައިބު ދެއްވައިފި
ރިޔާސީ އިންތިޚާބަކީ ވައްކަންކޮށްގެން "ހިލާލާފައިވާ އިންތިޚާބެއް" ކަމަށް ވިދާޅުވެ ވަގުން ހައްޔަރު ކުރާނެ ކަމުގެ އިންޒާރު ހޯމް މިނިސްޓަރުގެ ނައިބު އަޙްމަދު ޞިއްދީޤް ދެއްވައިފިއެވެ.

ޞިއްދީޤް ވިދާޅުވީ 32 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިޚާބު 38653 ވޯޓުގެ ކުރިއެރުމަކާއިއެކު ކާމިޔާބުކުރެއްވި އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެރިކަމަށް ވަޑައިނުގެންނެވޭނެ ކަމަށާއި ކޯލިޝަނުގެ ސަރުކާރު ޤާއިމު ނުކުރެވޭނެ ކަމަށެވެ. އަދި ވެރިކަން ބަދަލުކުރުން ކަމަށް ބުނެ އޮފީސްތަކަށް ދަނީ ޖާސޫސްކުރާ ގުރޫޕުތަކެއް ކަމަށެވެ. އަދި ސިވިލް ސަރވިސްގެ މުވައްޒިފުންނަށް ބިރު ނުދެއްކުމަށް ގޮވާލައްވާ ކަމަށެވެ.

ޞިއްދީޤް މިމޭރުމުން ވިދާޅުވެފައިވާއިރު ހޯމް މިނިސްޓަރު އަޒްލީން އަޙްމަދު ވަނީ އިންތިޚާބުގެ ނަތީޖާ ޤަބޫލުފުޅުކުރައްވައި ނަތީޖާ ބަދަލުވާވަރުގެ އެއްވެސް މައްސަލައެއް އޮތް ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.



މިއަދު އޮންލައިން