ގުރައިދޫ ބަނދަރު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެއްޖެ!

ކިޔުމަށް ހޭދަވާނީ 33ސ
ގުރައިދޫ ބަނދަރު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެއްޖެ!
ތ. ގުރައިދޫގެ ބަނދަރު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެއްޖެ އެވެ.

އެ ރަށު މީހަކު މިއަދު ނޫހަށް މަޢުލޫމާތު ދެމުން ބުނީ ބަނދަރު އެއްކޮށް ހަލާކުވެފައިވާއިރު ރަށަށް އަރާފެބުމަށް ވަރަށް ބޮޑަށް ދަތިވެފައި ވާކަމަށެވެ.

ގުރައިދޫ ބަނދަރު ހަދަން މި ސަރުކާރުން 2014 އަދި 2015 ގައި ވެސް ބަޖެޓުގައި ހިމެނި އެވެ. ނަމަވެސް އެކަމުގެ އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް އެ ރަށު ކައުންސިލުން ބުނިކަމަށް މީޑިއަތަކުން ރިޕޯޓްކޮށްފައި ވެއެވެ.

އެރަށުގެ އާބާދީގައި 2100 އަށްވުރެ ގިނަ މީހުން ހިމެނޭ ގުރައިދޫން ވާހަކަދެއްކި އާއްމު ރައްޔިތަކު އިތުރަށް ބުނިގޮތުގައި، ބަނދަރު ހަލާކުވުމުގެ ސަބަބުން އެ ސަރަހައްދު ދަނީ ވަރަށް ބޮޑަށް ގިރަމުންނެވެ.
މިއަދު އޮންލައިން