ކޮމްޕްލޭންސް ބިޔުރޯ ދަރުބާރުގެއަށް ބަދަލުކުރީ ސީޕީގެ އެދުމަށް - ބާ ޖަމާލުއްދީނަށް ބަދަލުކުރީ ބިޔުރޯ މެންބަރުން އެދިގެން: ޝަރީފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ކޮމްޕްލޭންސް ބިޔުރޯ ދަރުބާރުގެއަށް ބަދަލުކުރީ ސީޕީގެ އެދުމަށް - ބާ ޖަމާލުއްދީނަށް ބަދަލުކުރީ ބިޔުރޯ މެންބަރުން އެދިގެން: ޝަރީފް
ރިޔާސީ އިންތިޚާބު ބޭއްވި ދުވަހަށް ކޮމްޕްލޭންސް ބިޔުރޯ ދަރުބާރުގެއަށް ބަދަލުކުރީ އެއިރު ފުލުހުންގެ ފަރާތުން އިންތިޚާބުގެ ކަންކަން ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހުންނެވި މިހާރުގެ ސީޕީ ހަމްދޫން ހަމްދޫން ރަޝީދުގެ އެދިވަޑައިގަތުމަށް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

"ހަމްދޫން ވިދާޅުވީ އިންތިޚާބު އޮންނަ ދުވަހު ބިޔުރޯ ވަކި ތަނެއްގައި ހުރުން ރައްކައުތެރިވާނެ ކަމަށް. އެހެންވެ ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކުރީ. ފަހުން ބާ ޖަމާލުއްދީނަށް ބަދަލުކުރީ ބިޔުރޯ މެންބަރުން އެކަމަށް އެދިގެން. އެއިރު އިންތިޚާބު ނިމިފައިވުމުން އިތުރު އެއްވެސް ނުރައްކަލެއް ނެތް ކަމަށް ޤަބޫލުކުރެވޭތީ." ޝަރީފްވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކޮމްޕްލޭންސް ބިޔުރޯ އަދި އުވާ ނުލައްވާ ކަމަށެވެ. "ހުށަހެޅުނު މައްސަލަތައް ބަލައި ޖަވާބުދީ ނިމުނީމާ ބިޔުރޯގެ މަސައްކަތްތައް ނިމުނީ. ނަމަވެސް އަދިވެސް ބޭނުމެއް ޖެހިދާނެތީ އުވާނުލައި އަދި އެހެރީ. އިންތިޚާބުގެ ދާއިމީ ނަތީޖާ އިޢުލާނުކުރާތާ 5 ދުވަސް ހަމަވުމުން ބިޔުރޯއަކަށް މައްސަލައެއް ހުށައެއް ނޭޅޭނެ. މައްސަލަ އެއް އޮތްނަމަ ހުށަހަޅަން ޖެހޭނީ ކޯޓަށް. ކޯޓަށް މިމަހު 12 ވަނަ ދުވަހާއި ހަމައަށް މައްސަލަ ހުށަހެޅޭނެ. އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާނުކުރާތާ 14 ދުވަސް ވަންދެން ކޯޓަށް މައްސަލަތައް ހުށަހެޅޭނެ." ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
މިއަދު އޮންލައިން