އިންތިޙާބީ ރައީސް ސާލިޙްގެ ދައުރުގައި އެމެރިކާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ!

ކިޔުމަށް ހޭދަވާނީ 42ސ
އިންތިޙާބީ ރައީސް ސާލިޙްގެ ދައުރުގައި އެމެރިކާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ!
މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ވެރިކަމުގައި ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެމެރިކާއިން މިއަދު ބުނެފި އެވެ

އެ ގައުމުގެ ސެކެޓަރީ އޮފް ސްޓޭޓް މައިކަލް ޕޮމްޕޭ، އިންތިޚާބީ ރައީސް އިބޫ އަށް ގުޅުއްވައި ވަނީ މަރުހަބާ ދަންނަވައިފަ އެވެ. އަދި ބާރުތައް ބަދަލުވުމުގެ މަރުހަލާއާ ގުޅޭގޮތުން ވެސް ވަނީ އެ ދެ ބޭފުޅުން މަޝްވަރާކުރައްވައިފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރިޔާސަތު ބަލަހައްޓަވާ ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ވެސް ވަނީ އިބޫއަށް މަރުހަބާ ދަންނަވައިފަ އެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެއާ ގުޅުން ބަދަހިކުރަން ބޭނުންވާ ކަމަށް ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ބުނެފައި ވެ އެވެ.
މިއަދު އޮންލައިން