އިންތިޚާބާ ބެހޭ ހުރިހާ ޝަކުވާތަކަށް ޖަވާބުދީ މިއަދު ނިމޭނެ - އީސީގެ މެންބަރުން ރާއްޖޭގަ ނެތުމުން މަސައްކަތަށް އެޅޭ އެއްވެސް ހުރަހެއް ނެތް: ޝަރީފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
އިންތިޚާބާ ބެހޭ ހުރިހާ ޝަކުވާތަކަށް ޖަވާބުދީ މިއަދު ނިމޭނެ - އީސީގެ މެންބަރުން ރާއްޖޭގަ ނެތުމުން މަސައްކަތަށް އެޅޭ އެއްވެސް ހުރަހެއް ނެތް: ޝަރީފް
ރިޔާސީ އިންތިޚާބާއި ބެހޭ ގޮތުން ހުށަހެޅުނު ހުރިހާ ޝަކުވާތަކަށް ޖަވާބުދީ މިއަދު ނިމޭނެ ކަމަށާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ 4 މެންބަރުން ރާއްޖޭގައި މިވަގުތު ނެތުމުން ކޮމިޝަނުގެ މަސައްކަތަށް އެޅޭ އެއްވެސް ހުރަހެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަރީފް މިއަދު ވިދާޅުވީ އިންތިޚާބާއި ގުޅިގެން ހުށަހަޅާތައް ޝަކުވާތައް ބަލައި ޖަވާބު ދިނުމަކީ ކޮމިޝަނުގެ މެންބަރުން ކުރާ ކަމެއް ނޫން ކަމަށާއި އެކަން ކުރަނީ ކޮމްޕލޭންސް ބިޔުރޯ އިން ކަމަށެވެ.

"ކޮމިޝަނުގެ މެންބަރުން ޖަވާބުދާރީވާންޖެހޭ އެއްވެސް މައްސަލައެއްވެސް މިއަދާއި ހަމައަށްވެސް ކޮމިޝަނަށް ހުށަހަޅާފައެއް ނެތް. އެހެން ކަމުން ކޮމިޝަނުގެ 4 މެންބަރުން މިވަގުތު ރާއްޖޭގައި ނެތުމުން ކުރިމަތިވާ އެއްވެސް މައްސަލައެއް ނެތް." ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޕީޕީއެމްގެ ތަރުޖަމާނު ޢަލީ ޢާރިފް މިއަދު ވަނީ ރައްޔިތުންގެ ޝަކުވާތަކަށް ޖަވާބު ނުދީ ކޮމިޝަނުގެ 4 މެންބަރުން ރާއްޖެއިން ބޭރުގައި ތިބުމުން ކަންބޮޑުވުން ފައުޅުކުރައްވައިފައެވެ.
މިއަދު އޮންލައިން