ބައެއް ވަޒިރުންގެ ފަރާތުން ވެރިކަން ބަދަލު ކުރުމުގެ މަރުހަލާގައި އެއްބާރުލުން ނުލިބުނުކަން ހާމަވެއްޖެ!

ކިޔުމަށް ހޭދަވާނީ 1މ 54ސ
ބައެއް ވަޒިރުންގެ ފަރާތުން ވެރިކަން ބަދަލު ކުރުމުގެ މަރުހަލާގައި އެއްބާރުލުން ނުލިބުނުކަން ހާމަވެއްޖެ!
ވެރިކަން ބަދަލު ކުރުމުގެ މަރުހަލާގައި ބައެއް ވަޒިރުންގެ ފަރާތުން އެއްބާރުލުން ނުލިބުނުކަން ހާމަވެއްޖެއެވެ.

ވެރިކަން ބަދަލު ކުރުމުގެ މަރުހަލާގައި ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު އާއި ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީގެ ފަރާތުން އެއްބާރުލުން ނުލިބުނު ކަމަށް ނޫސްވެރިންނަށް ބޭއްވި ޙާއްސަ ޕްރެސް ބުރީފިންނެއްގައި ވާހަކަ ދައްކަވަމުން ޗެއާމަން އޮފް ޓްރާންސިޝަން އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ޝައިނީ އާއި މުއިއްޒުގެ ފަރާތުން އިންތިގާލީ ކޮމެޓީއަށް އެއްބާރުލުން ނުލިބުނު އިރު ދެ މުވައްސަސާއަކުން ކޮންމެވެސް ވަރެއްގެ އުނދަގޫ ތަކާއި ކުރިމަތިވިކަމަށް އިންތިގާލީ ކޮމެޓީން މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ޝާހިދު އިތުރަށް ވިދާޅުވިއެވެ..

މީގެ އިތުރުން އެމްޑީޕީގެ ޕޮލިސީ ކޮމިޓީގެ ޗެއާޕާސަން ހުސައިން އަމުރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިގާލީ ކޮމެޓީން ފިޝަރީޒް މިނިސްޓްރީއަށް ދިއުމުން މިނިސްޓަރ ޝައިނީގެ ފަރާތުން އެއްބާރުލުމެއް ނުދެއްވި ކަމަށެވެ. އަދި ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން ވަޑައިގަތުމަށް ޝައިނީ އެންގެވި ކަމަށާއި މިނިސްޓްރީގެ މައުލޫމާތު ހޯދުމަށް ސިޓީ ފޮނުއްވަން އެންގެވިކަމަށެވެ. މީގެ އިތުރުން ޝައިނީ އިންތިގާލީ ކޮމެޓީ އާއި އެކު ފޮޓޯ ނަގަން ބޭނުން ނޫންކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް، އަމްރު ވަނީ ފަހުން މި ޓްވީޓު ޑިލީޓުކޮށްފައެވެ

ދެ މުވައްސަސާއަކުން އެއްބާރުލުން ނުދިނުމާއި ގުޅޭގޮތުން އަބްދުﷲ ޝާހިދު އިތުރަށް ވިދާޅުވީ އެއީ އެފަރާތްތަކުން ތަންކޮޅެއް އިންތިގާލީ މަރުހަލާއަށް އާ ކަމުން ދިމާވި މައްސަލައެއް ކަމަށާއި އެއީ މާ ބޮޑު ކަމެއްކަމަށް ދެކި ނުލައްވާކަމަށެވެ.

މީގެ އުތުރުން ވެރިކަން ބަދަލު ކުރުމުގެ މަރުހަލާގައި ސަރުކާރުން އެއްބާރުލުން ނުދިނުމަށް ޕީޕީއެމްއިން ރޭ ވަނީ މަގުމަތީ ގަރާރެއް ފާސްކޮށްފައެވެ. އަދި ޕީޕީއެމްއިން ވަނީ ރައީސް ޔާމީން 69 ޕަސެންޓުން އިންތިހާބު ކާމިޔާބު ކުރެއްވި ކަމަށް ވެސް މަގުމަތީ ގަރާރެއް ފާސް ކޮށްފައެވެ. ވިއްސަކަށް މީހުން އަތް ނަގައިގެން މިފަދަ ގަރާރުތަށް ފާސްކުރުން ގިނަބަޔަކަށް ޖޯކަކަށް ވީއިރު، މި ޤަރާރުތަށް ހަށައެޅި، ރައީސް އޮފީހުގެ ތަރުޖަމާނު އަބްދު ﷲ މުޢާޒްއަށް މީސްމީޑިއާގައި ފާޑުކިޔުންތަށް ވަނީ އަމާޒުވެފައެވެ.

މިއަދު އޮންލައިން