ވެރިކަން ބަދަލު ކުރުމުގެ މަރުހަލާގައި ހިންގާ މުޢާމަލާތް މުރާޖަޢާ ކުރާނަން: މާރިޔާ

ކިޔުމަށް ހޭދަވާނީ 54ސ
ވެރިކަން ބަދަލު ކުރުމުގެ މަރުހަލާގައި ހިންގާ މުޢާމަލާތް މުރާޖަޢާ ކުރާނަން: މާރިޔާ
ވެރިކަން ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު މިހާރުވެސް އެޗްޑީސީ ފަދަ ތަންތަނުން ބިން ވިއްކަމުންދާ ކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމަށާއި މި މުއްދަތުގައި ހިންގާ މުޢާމަލާތް އަލުން މުރާޖައާ ކުރާނެކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިންތިގާލީ މަރުހަލާގެ މައުލޫމާތު ދިނުމަށް މިއަދު ހަވީރު ބޭއްވި ނޫސް ކޮންފަރެންސްގައި މާރިޔާ ވިދާޅުވީ ''ތަކުރާރުކޮށް ކޮންޓްރެކްޓު ދީ، ސޮއިކޮށް، މުވައްޒަފުންގެ މުސާރަ ބޮޑުކޮށް ވަޒީފާތަކުން ވަކިކޮށް، ބިންދޫކުރުމާއި ގަނެވިއްކުން ހުއްޓާލުމަށް އެންގި ނަމަވެސް އެކަންކަން ބައެއް މުއައްސަސާތަކުން ހުއްޓާނުލައި ކުރިއަށްދާ ކަމުގެ އަޑު އިވޭ '' ކަމަށެވެ.
އަދި މިގޮތަށް މިކަން ނުކުރުމަށް އެެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ) އިން އަންގާފައިވާ ކަމަށެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ކަމުގެ ހުވާ ކުރެއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު ސަތާރަ ވަނަ ދުވަހުއެވެ.
މިއަދު އޮންލައިން