ކޮންމެ ދުވަހަކީ އެއްގޮތަކަށް ކަންކަން ހިނގާނެ ދުވަހެއް ކަމަށް ނުދެކޭށެވެ! އަޑި ގުޑަންތައް ކުރިމަތިވާނެއެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ކޮންމެ ދުވަހަކީ އެއްގޮތަކަށް ކަންކަން ހިނގާނެ ދުވަހެއް ކަމަށް ނުދެކޭށެވެ! އަޑި ގުޑަންތައް ކުރިމަތިވާނެއެވެ!: މުފްތީ މެންކް
"ކޮންމެ ދުވަހަކީވެސް ރަނގަޅު ކަންތައްތަކާއި ގޯސް ކަންތައްތައް އެކުވެފައިވާނެ ދުވަހެކެވެ. (މާނައަކީ ކޮންމެ ދުވަހަކީވެސް އެމީހާ ބަލައިގަންނަން ބޭނުން ނުވާނެ ނުވަތަ ކުރިމަތިލާން ބޭނުން ނުވާނެ ކަންތައްތަކަކާއި ހިތް އެދޭ، އުފާވެރިކަން ލިބޭނެ ކަންތައްތައް ވެސް މެދުވެރިވާނެ ދުވަހެކެވެ.)

ކޮންމެ ދުވަހަކީވެސް އަޑިގުޑަންތައްވެސް ކުރިމަތިވާނެ ދުވަހެކެވެ. އުފާވެރިކަމާއި ހިތްދަތިކަންވެސް ކުރިމަތިވާނެ ދުވަހެކެވެ.

މިއީ ދިރިއުޅުމުގެ ކަންކަން ކޮންމެ ދުވަހަކު ހިނގަމުންދާނެ ގޮތެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއް މެދުވެރިވާނީ ތިބާ އެންމެ ބޭނުންވާ ގޮތަށް ކަމަށް އުންމީދު ނުކުރާށެވެ. އެހެން މީހުންނާއި ގުޅި ކަންކަން ޙިއްޞާކުރާށެވެ. އެހެން މީހުންގެ ލަފާވެސް ހޯދާށެވެ. ބަދަލަކަށް ތިބާގެ އަތުގައިވާ ކަންތައްތަކުން ބައެއް އެހެން މީހުންނާއިވެސް ހިއްޞާ ކުރާށެވެ! ތަފާތު އިޙްޞާޞްކޮށްލާށެވެ.

ގެއްލިގެން ދިއަ ނިޢުމަތްތަކާމެދު ކަންބޮޑު ނުވާށެވެ. އަތުގައި މިހާރުވެސް ހުރި ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢްމަތްތަކަށް ޝުކުރުވެރިވާށެވެ. ތިމާގެ އަތުން ގެއްލިގެންދާ ނިޢުމަތްތަކާއި އެހެން މީހުންނަށް މިންވަރު ކުރައްވަވާ ނިޢުމަތްތަކަށް ވިސްނައި ކަންބޮޑު ނުވާށެވެ."

- މުފްތީ މެންކް
މިއަދު އޮންލައިން