ޢަލީ ނިޒާރު އަދުރޭއަށް: ދޫނުކޮށް ހިފެހެއްޓޭނީ އަމިއްލަ ތަކެތި- ތިގޭމް ކުޅެން ލާހިކެއް ނޫން!: ޢަލީ ނިޒާރު
ދޫނުކޮށް ހިފެހެއްޓޭނީ އަމިއްލަ ތަކެތި ކަމަށާއި ރައްޔިތުންގެ ޙައްޤުތައް ޖެހޭނީ ރައްޔިތުން ބޭނުންވާ ގޮތަށް ދޫކުރަން ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ޢަލީ ނިޒާރު މިމޭރުމުން ވިދާޅުވެފައިވަނީ 2008" އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ އިއުލާނުކުރުމުން އެއިރުގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް ، އިތުރު ބަހަނާތައް ނުދައްކަވައި އިންތިޚާބުގެ ނަތީޖާ ޤަބޫލުފުޅު ކުރައްވައި ދޫދެއްވި ގޮތަށް ޕީޕީއެމުން ދޫ ނުދޭނެ ކަމަށާއި ރައްޔިތުންގެ ހައްގު ހޯދައި ދޭނެ ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވުމާއި ގުޅިގެންނެވެ.
ނިޒާރު ވިދާޅުވީ މިޤައުމުގައި ގުޅިފައިވާ ކޯލިޝަނުގެ ހިއްޞާ އަދި މާބޮޑު ކަމަށެވެ. "ލާހިކެއް ނޫން ތި ގޭމް ކުޅެން." ކަމަށް ވިދާޅުވެ "ސާފުވެއްޖެތޯ؟" ވެސް ޢަލީ ނިޒާރު ވަނީ ސުވާލުކުރައްވައިފައެވެ.
އަދުރޭ ރޭ ވިދާޅުވީ ޕީޕީއެމް ވުޖޫދަށް ގެނައީ މި ގައުމާއި ގައުމުގެ ރައްޔިތުންނަށްޓަކައިކަމަށެވެ. އަދި މާތް ވެގެންވާ އިސްލާމްދީން ހިމާޔަތް ކުރުމަށާއި މި ގައުމުގެ މިނިވަން ކަން ދަމަހައްޓައި މި ގައުމުގައި ސުލްހަ މަސްލަހަތު ދިފާއު ކުރަން ކަމަށެވެ. އަދި މިކަންކަން ކުރުމުގައި ޕީޕީއެމުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
އަދުރޭ މިމޭރުމުން ވިދާޅުވެފައިވާއިރު ވައްކަން ކުރުމާއި ޙަރާމް ފައިސާ ގެއަށް ވައްދައިގެން ބޭނުންކުރުމާއި އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައިވާ ވައްކަން ކުރުމާއި އަގުދީފައި ހިލޭ އަންހެނުންނާއިއެކު ޖިންސީ ގުޅުން ހިންގުން ހުއްދަކުރުމަކީ ޕީޕީއެމްގެ ވެރިކަމުގައި ހުއްދަކޮށް އެކަންކަމަށް ހިއްވަރުދީ ޢާންމުކޮށް އިއުލާނުކޮށްފައިވާ ކަންކަން ކަމަށް ވުމުން އަދުރޭ އެބުނާ ދީނާއި ﷲ ތަޢާލާ ބާވައި ލެއްވެވި އިސްލާމް ދީނާއި އެއީ އެއް ދީނެއް ކަމަށް ރައްޔިތުންގެ ގިނަ ބައަކު ޤަބޫލެއް ނުކުރެއެވެ.
ރިޔާސީ އިންތިޚާބުގައި ބޮޑުތަނުން ރައީސް ޔާމީނަށް ނޫނެކޭ ރައްޔިތުން ބުނީ މިފަދަ އެތައް ސަބަބުތަކެއް ހުރުމުން ކަމަށް ރައްޔިތުން ދަނީ ބުނަމުންނެވެ.