ތިންގަނޑެތި ދިނުމަކީ ރާއްޖޭގެ ކުރީގެ އާދަ ކާދައިގައި އޮންނަ ކަމެއް- ވާޖިބެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ތިންގަނޑެތި ދިނުމަކީ ރާއްޖޭގެ ކުރީގެ އާދަ ކާދައިގައި އޮންނަ ކަމެއް- ވާޖިބެއް ނޫން!
"ތިންގަނޑެތި ކިޔަނީ ކައިވެނީގެ މުނާސަބަތުގައި ފިރިމީހާ އަނބިމީހާއަށް ދޭ ހެދުމަށެވެ. އެއީ ރާއްޖޭގެ ކުރީގެ އާދަ ކާދައިގައި އޮންނަ ކަމެކެވެ. ކައިވެންޏާއި ގުޅިގެން ފިރިމީހާ، އަނބިމީހާއަށް ދިނުން ވާޖިބުވާ އެއްޗަކީ ކައިވެނީގެ ރަނެވެ. އިތުރު އެއްޗެއް ދިނުން ވާޖިބެއް ނޫނެވެ. ފިރިމީހާ ހިތުން ރުހުމުން ހަދިޔާއެއް ދީފިނަމަ އަނބިމީހާ އެއިގައި ހިފުމަކީ މައްސަލައެއް ނޫނެވެ."

ބައެއް ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުގައި ކައިވެންޏާއި ގުޅުވައިގެން 3 ގަނޑެތި ދެމުން އައީ އެ ޒަމާނުގައި މާލީ ޙާލަތު ހުންނަ ގޮތުން ކައިވެނި ކުރެވޭ ކުއްޖާ އަތުގައި ލާނެ ހެދުން ނުހުންނާތީއެވެ. އަދި އެކަން އާދައަކަށްވެ .. ތަނަވަސް ކުއްޖަކާއި ކައިވެނި ކުރި ނަމަވެސް އެއީ އާދައަކަށްވެގެން ދިއައީއެވެ.

މިހާރުވެސް މިއާދަ ގިނަ ބައަކު ދަމަހައްޓައެވެ. ކައިވެނީގެ ކުރިން ދެކުދިން އެކުގައި ބާޒާރަށް ގޮސް ތިންގަނޑެއްޗަށް ހެދުން ގަނެއެވެ. ބައެއް ޒުވާނުން ބުނަނީ ކައިވެންޏަށްފަހު ހެދުން ގަނެދޭން ޖެހޭނެއިރު ހަދިޔާއެއްގެ ގޮތުގައި ކުރިއަށް ހެދުން ނުދޭންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ބަދަލުވެގެން އައި ޘަޤާފަތުގެ ތެރެއިން ގިނަ ބައަކު މިހާރު ގަންނަނީ ބޮޑު އަގުދީފައި "ވެޑިން ޑްރެސް" އެވެ. އެކަމަށް ފަނަރަ ވަރަކަށް ހާސް ރުފިޔާ ޚަރަދުކުރުމަކީ ޢާންމު ކަމެކެވެ. ނަމަވެސް ކައިވެނީގެ ހަފްލާއަށްފަހު ހެދުން ވަނީ ކުރެވޭ އިސްރާފަކަށެވެ. ތިންގަނޑެތި ދިނުމުން އިސްރާފަކަށް ނުވެ ބޭނުން ކުރެވެއެވެ.
މިއަދު އޮންލައިން