ގެއްލުން ދޭން މަސައްކަތްކުރާމީހުން ދެކެ ބިރުގަތުމެއް ނެތް: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 12ސ
ގެއްލުން ދޭން މަސައްކަތްކުރާމީހުން ދެކެ ބިރުގަތުމެއް ނެތް: މުފްތީ މެންކް
"ތިބާގެ ހަސަދަވެރިން، އަދާވާތްތެރިން ތިބާ ދެރަކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން ގެންދާނެއެވެ. ނަމަވެސް ޔަޤީން ކުރާށެވެ. އެމީހުން ކިތަން ވަރަކަށް މަސައްކަތް ކުރި ނަމަވެސް އެމީހުން ކުރާ އެއްވެސް ކަމަކުން ތިބާއަށް ލިބޭނެ އެއްވެސް ދެރައެއް ނުއޮންނާނެއެވެ.

އެމީހުންގެ މަޤްޞަދާއި އެމީހުން ރާވާ ރޭވުންތައް ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. ވީމާ އެކަންކަމަށް ކަންބޮޑު ނުވާށެވެ. އަދި ބިރުވެސް ނުގަންނާށެވެ. ތިބާއަށް އަނިޔާ، ގެއްލުންދޭން މަސައްކަތްކުރާ މީހުންގެ ކިބައިން ސަލާމަތްކަމާއި ރައްކައުތެރިކަމަށް ﷲ ތަޢާލާގެ ޙަޟްރަތުން އެދޭށެވެ."

- މުފްތީ މެންކް

ގިނަ ބައަކު އަބަދުވެސް ކަނބޮޑުވެގެން އުޅެނީ އެމީހަކަށް ކޮންމެވެސް މީހަކު އަނިޔާވެރިވަމުންދާތީއެވެ. ކޮންމެވެސް މީހަކު ތިމާއަށް ގެއްލުން ދޭން މަސައްކަތްކުރާތީއެވެ. ތިމާ ކުރަން އުޅޭ މަސައްކަތްތަކަށް ހުރަސް އަޅަން މަސައްކަތްކުރާތީއެވެ.

މިކަންކަން ހުއްޓުވުމަށްޓަކައި ފަންޑިތަހަދާ މީހުންގެ އެހީތެރިކަން ހޯދައެވެ. ސިޔާސީ މީހުންނާއި ނުފޫޒުގަދަ މީހުންގެ އެހީތެރިކަން ހޯދަން މަސައްކަތް ކުރެއެވެ. އެކަމަށް އެތައް ބައިވަރު ވަގުތުތަކެއްވެސް ހޭދަކުރެއެވެ. އެކަންކަމަށް ބޮޑެތި ހޭދަތައް ވެސް ކުރެއެވެ.

ނަމަވެސް އެއްވެސް ޚަރަދެއް ނުކޮށް ކުރެވެންހުރި ކަންކަމާއިމެދު ވިސްނަނީ މަދު މީހެކެވެ. ޢަދާވާތްތެރިންގެ މުޞީބާތްތަކުން ތިބާއަށް ސަލާމަތްތެރިކަން ދެއްވެވޭނެ ހަމައެކަނި ފަރާތަކީ ހަމައެކަނި ﷲ ތަޢާލާއެވެ. އެކަން ހަނދާނުގައި ހުންނަނީ ވަރަށް މއދު މީހެކެވެ.

بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ. وَ لاَ حَوْلَ وَ لاَ قُوَّةَ اِلاَّ بِاللهِ الْعَلِیِّ الْعَظِيْمِ اَللَّهُمَّ اِيَّاكَ نَعْبُدُ وَ اِيَّاكَ نَسْتَعِيْنُ يَا اَللهُ يَا رَحْمٰنُ يَا رَحِيْمُ يَا اَحَدُ يَا صَمَدُ يَا اِلٰهَ مُحَمَّدٍ اِلَيْك نُقِلَتِ اْلاَقْدَامُ وَ اَفَضَتِ الْقُلُوْبُ وَ شَخَصَتِ اْلاَبْصَارُ وَ مُدَّتِ اْلاَعْنَاقُ وَ طُلِبَتِ الْحَوَآئِجُ وَ رُفِعَتِ اْلاَيْدِیْ اَللَّهُمَّ افْتَحْ بَيْنَنَا وَ بَيْنَ قَوْمِنَا بِالْحَقِّ وَ اَنْتَ خَيْرُ الْفَاتِحِيْنَ.

ޙަސަދަވެރިންނާއި އަދާވާތްތެރިންގެ މައްޗަށް ނަޞްރު ދެއްވެވުން އެދި ކުރާނެ މިފަދަ ގިނަ ދުޢާތައް ހުރި ނަމަވެސް މިފަދަ ދުޢާތައް ކުރަނީ މަދު މީހެކެވެ.

لاَ اِلٰهَ اِلاَّ اللهُ وَ اللهُ اَكْبَرُ
މިފަދައިން ކިޔުން ގިނަ ކުރުމަކީވެސް މުޞީބާތްތަކުން ސަލާމަތްވުމަށް ކުރެވިދާނެ ކަމެކެވެ.

- އިސްލާމީ ތިލަފަތުން
މިއަދު އޮންލައިން