ކައިވެނި ދަމަހައްޓަން އެންމެ މުހިންމު އެއްކަމަކީ އޯގާތެރިކަން ދެމެހެއްޓުން: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ކައިވެނި ދަމަހައްޓަން އެންމެ މުހިންމު އެއްކަމަކީ އޯގާތެރިކަން ދެމެހެއްޓުން: މުފްތީ މެންކް
ކައިވެނިތައް ރޫޅޭތީ އެންމެން ކަންބޮޑުވެ އެކަމުގެ ވާހަކަތައް އެބަ ދައްކައެވެ. ހަމައެކަނި އަންހެނުންނެއް ނޫނެވެ. ފިރިހެނުންވެސް ދައްކައެވެ.

ދެމަފިރިންވެސް އެކަކު އަނެކަކަށް އޯގާތެރިވާށެވެ. ރަޙްމާއި ކުލުނުވެރިކަން އިތުރުކުރާށެވެ. ރަނގަޅަށް ބަލައިފިނަމަ ގިނަ ކައިވެނިތައް ރޫޅެނީ އޯގާތެރިނުވުމުންކަން އެނގިގެނަދާނެއެވެ.

ހަމަ އެއާއިއެކު ރުޅި އިސްކުރުމާއި އަމިއްލަ އެދުން ބޮޑުވުމާއި ދެމަފިރިން އެކަކު އަނެކެއްގެ ޒިންމާ ނުނެގުމާއި އެކަކު އަނެކަކަށް ކުށްވެރިކުރުމަކީ ހިތްހެޔޮކަން ދުރުކުރާ ސަބަބުތަކެވެ. ނުވަތަ ގެއްލިގެންދާ ސަބަބުތަކެވެ.

އޯގާތެރިކަން ކުޑަވަމުންދާ ވަރަކަށް ކައިވެނީގައި ރެނދުލާން ފަށައެވެ. އެންމެ ފަހުން ރެނދުތައް ބޮޑެތިވެ، ފޭވެ ކައިވެނީގެ ބިންގާ ވެސް ފުނޑުފުނޑުވެ ރޫޅި ނެތިގެންދަނީ އެވެ.

ވީމާ ކައިވެނި ދަމަހައްޓަން ބޭނުންނަމަ އޯގާތެރިކަން އިތުރު ކުރާށެވެ. ރުޅި އިސްކުރުމާއި އަމިއްލަ އެދުން ބޮޑުކުރުމާއި، އަމިއްލަ އެދުން އިސްކުރުމާއި ދެމަފިރިން އެކަކު އަނެކެއްގެ ޒިންމާ ނުނެގުމާއި މުޅިން ދުރުހެލިވާށެވެ. ދެމަފިރިންވެސް ކަންކަމުގައި އެކަކު އަނެކަކަށް ކުށްވެރިކުރުން ހުއްޓައިލާށެވެ.

މިކަންކަމަކީ ހިތްހެޔޮކަމާއިއެކު ކޮށްދެވޭ ކަންކަން ގެއްލުވައިލާ ސަބަބުތައް ކަމަށްވާތީއެވެ.
މިއަދު އޮންލައިން