ޝިރުކުކުރާ މީހުންނާ ޖައްބާރުކޮށް އުޅުނު މީހުންނާ ޙައްޤަކާ ނުލާ މީސްތަކުން ޤަތުލުކުރި މީހުން އެހެން މީހުންނަށްވުރެ 500 އަހަރު ކުރިއަށް ނަރަކައަށް ވައްދަވާނެ: ޝައިޚް މަންޞޫރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ޝިރުކުކުރާ މީހުންނާ ޖައްބާރުކޮށް އުޅުނު މީހުންނާ ޙައްޤަކާ ނުލާ މީސްތަކުން  ޤަތުލުކުރި މީހުން އެހެން މީހުންނަށްވުރެ 500 އަހަރު ކުރިއަށް ނަރަކައަށް ވައްދަވާނެ: ޝައިޚް މަންޞޫރު
"ޞައްޙަ ޙަދީޘުން އައިސްފައިވަނީ ޤިޔާމަތް ދުވަހުން ނުކުންނާއޭ އެއްޗެއް. އެއިގަ ވާނެއޭ ދުލެއް. އެދުލުން އެއެތި ވާހަކަ ދައްކާނެއޭ. އެއިގަ ވާނެއޭ ދެ ލޯ. އެ ދެލޮލަށް ފެންނާނެއޭ.

އެއެތި ނުކުމެ ބުނާނެތޭ ތިމަންނައަށް އަމުރުވެވިގެންވެއޭ. ﷲ އަށް ޝިރުކުރާ ހުރިހާ މީހުންނާ ބިންމަތީގަ ޖައްބާރުކޮށް އުޅުނު މީހުންނާ މީސްތަކުންގެ ފުރާނަ ޙައްޤަކާ ނުލާ ޤަތުލުކުރި މީހުން ކޮބައިހެއްޔޭ؟

އެމީހުންނާއިގެން އެ އެތި އެހެންމީހުންނަށްވުރެ 500 އަހަރު ކުރިއަށް ނަރަކައަށް ވަދެގެންދާނެތޭ. ނިކަން ބައްލަ މިކަމުގެ ނުރައްކާތެރިކަމުގެ ބޮޑުކަން."

މީހަކު މެރުމާއި ޒިނޭކުރުމަކީ ޝިރުކުކުރުމުގެ ފަހަތުން އައިސްފައިވާ 2 ކަންތަކެވެ. ބޮޑު 7 ފާފައިގެ ވާހަކަ އަޅުގަނޑުމެން އަޑު އަހަމުއެވެ. ޝިރުކުރުމުގެ ފަހަތުން އަންނަނީ މީހަކު މެރުމުގެ ވާހައެވެ. ނަމަވެސް މިއީ އަޅުގަނޑުމެންގެ މުޖުތަމައުގައި މިއަދު ލުއި ކަމަކަށް ވެއްޖެއެވެ. އެކަމަކު އަޅުގަނޑުމެން މިއީ 100% މުސްލިމުންނެވެ. މިއަދު އަޅުގަނޑުމެންގެ އީމާންތެރިކަމެއް ނެތެވެ.

އަޅުގަނޑުމެންގެ ދަރިންނަށް ދެވިފައިވަނީ ރަނގަޅު އިސްލާމީ ތަރުބިއްޔަތު ނޫންކަން މިއަދު އަޅުގަނޑުމެން ޤަބޫލުކުރަން ޖެހެއެވެ. މިއަދު އެކަމަށް އެއްބަސްވާން ޖެހެއެވެ. އަޅުގަނޑުމެންގެ މުޤައްރަރުގަ އިތުރަށް އިސްލާމް ދީނުގެ ބައިތައް ހިމަނަން ޖެހޭ ކަމަށް ޤަބޫލުކުރަން ޖެހެއެވެ. މުޖުތަމައުއެއް އިތުރަށް ބިނާކުރަންޖެހޭކަން ޤަބޫލުކުރަން ޖެހެއެވެ.

ޤާނޫނު ހަދާ ފަރާތްތަކުން މިކަން ޤަބޫލުކުރަން ޖެހެއެވެ. އެހެން ނޫންނަމަ މިކަމުގެ ބޭނުމެއް ނެތެވެ. މި ޤާނޫނުތައް ހަދަނީ އަޅުގަނޑުމެން އަމިއްލައަށެވެ. "ތިއަބައިމީހުންނަށް ޤިޞާޞް ހިފުމުން ދިރުމެއްވެއެވެ. އޭ ބުއްދީގެ އަހުލުވެރިންނޭވެ! އެއީ ކީއްވެގެންތޯ؟ ތިއަބައިމީހުން ﷲ އަށް ބިރުވެތިވުމަށްޓަކައެވެ."

- މިއަދުގެ ޢަޞްރު ނަމާދަށްފަހު ޝައިޚް މުޙައްމަދު މަންޞޫރު ވިޔަފާރިވެރިންގެ މިސްކިތުގައި ދެއްވި ދަރުސުން

- ޝައިޚް މަންޞޫރުގެ ވާހަކަފުޅު (ވީޑިއޯ):



މިއަދު އޮންލައިން