ލޮނުމަދު ކެއުން ހުއްދަތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ލޮނުމަދު ކެއުން ހުއްދަތަ؟
"ލޮނުމަދަކީ އެއިގެ ޒާތުގައި ހުއްދަ އެއްޗެކެވެ. ނަމަވެސް ކައިގެން މިސްކިތަށް ޖަމާއަތަށް ނާރަން އަންގަވާފައި އޮންނަނީ އެއިގެ ވަސްގަނޑުގެ ސަބަބުން އެހެނއ މީހުންނަށް އުދަގޫވާނެތީއެވެ."
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ވިދާޅުވެފައިވަނީ ރޯފިލުވައިގެން ލޮނުމަދު ކެއުމަށެވެ.

ލޮނުމަދަކީ ހަލާލު އެއްޗެކެވެ. ނަމަވެސް ކައިގެން މީސްތަކުންގެ ތެރެއަށް ނުނުކުތުމަށް ދީނީ އިލްމުވެރިން ވިދާޅުވަނީ އެއިގައި ހުންނަ ގަދަ ވަހުގެ ސަބަބުންނެވެ.

އިންސާނުން ފަދައިން މަލާއިކަތް ބޭކަލުންނަށް ވެސް ލޮމަދުގެ ވަހުން އުނދަގޫފުޅުވާކަމަށާއި އިތުރު މާތް ނަބިއްޔާ (ޞޢވ) ލޮނުމަދު ފަރިއް ނުކުޅުއްވެވީ އަބަދުވެސް ވަޙީގެ އިންތިޒާރުގައި ހުންނަވާތީ ކަމަށްވެސް ބަޔާންވެގެންވެއެވެ.

ލޮނުމަދަކީ ޞިއްޙީ ގޮތުން ވަރަށް ގިނަ ފައިދާތައް ލިބޭ އެއްޗެކެވެ. އެއިގެތެރޭގައި ޢާންމު ރޯގާތަކުން ސަލާމަތްވުން، ލޭގެ ޕްރެޝަރު ދަށްކުރުން، ނުބައި ކޮލޮސްޓްރޯލް މަދުކޮށް ހިތުގެ ބަލިތަކުން ސަލާމަތްވުން ފަދަ ކަންކަން ހިމެނެއެވެ. މީގެ އިތުރުން އެތްލީޓުންނަށްވެސް ފައިދާ ކުރާ ކަމަށް ބެލެވެއެވެ.


މިއަދު އޮންލައިން