"ނަމާދު ނުކުރާ ފިރިއަކާ އިނދެގެން އުޅުން މުސްލިމް އަންހެނަކަށް ހުއްދަވެގެނެއް ނުވެއެވެ."
ޑރ. މުޙައްމަދި އިޔާޟް ޢަބްދުއްލަޠީފް މިމޭރުމުން ވިދާޅުވެފައިވަނީ،
"ފިރިމީހާ ނަމާދު ނުކޮށް ހުރެ ކުރާ އަމުރުތަކަށް އަނބިމީހާ ކިޔަމަންވާން ޖެހޭނެތޯ؟ އަދި ނަމާދު ނުކޮށް ހުރެ ދެމަފިރިކަމުގެ ގުޅުން ބާއްވަން ޖެހޭނެތޯ؟ އަދި މިކަންތައްތައް ކޮށްނުދީފި ނަމަ އަނބިމީހާ ފާފަވެރިވާނެތޯ؟" ކޮށްފައިވާ ސުވާލުގެ ޖަވާބުގައެވެ.
ނަމާދު ނުކުރާމީހާ ތައުބާވެ އަލުން ޝަހާދަތްކިޔައި އިސްލާމްވާން ޖެހޭނެ ކަމަށް ވެސް ޑރ. އިޔާޟް ވަނީ އިތުރު ސުވާލެއްގެ ޖަވާބުގައި ވިދާޅުވެފައެވެ. އެހެންކަމުން ނަމާދު ނުކުރާމީހާ އަކީ އިސްލާމް ދީނުން ބޭރުވެފައިވާ މީހެއްކަން އެނގިގެންދެއެވެ.