ރައްޔިތުންގެ ނިންމުން ބާތިލު ނުކުރެވޭނެ: ރައީސް ނަޝީދު

ކިޔުމަށް ހޭދަވާނީ 1މ 9ސ
ރައްޔިތުންގެ ނިންމުން ބާތިލު ނުކުރެވޭނެ: ރައީސް ނަޝީދު
23 ސެޕްޓެމްބަރު 2018 ގައި ބޭއްވުނު ރިޔާސީ އިންތިހާބްގައި ރައްޔިތުން ނިންމާފައިވާ ނިންމުން ސްޕްރީމް ކޯޓުން ބާތިލު ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު (އައްނި) ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ކުރި ޓްވީޓެއްގައެވެ.

ރައީސް ނަޝީދުގެ ޓްވީޓުގައި ބުނެފައި ވަނީ، ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ދިވެހިންގެ ވެރިއަކަށް އިބްރާހިމް މުހައްމަދު ސާލިހް އިންތިހާބުކޮށްފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ އެ ނިންމުމަށް ބަދަލުގެނައުމަށް އުސޫލުތަކާއި ހިލާފަށް ސްޕްރީމް ކޯޓުން މައްސަލަ ބަލައިގެންފައިވާ ކަމަށެވެ. އަދި ހިންގުމުގެ ހައްގުނެތް މައްސަލައެއް ގޮތަކަށް ނިންމުމުގެ ހައްގު އަދިވަކިން ނެތް އެމަނިކުފާނުގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

ރައީސް ނަޝީދު މި ގޮތަށް ޓްވީޓް ކުރައްވާފައި ވަނީ ރައީސް ޔާމީންގެ ފަރާތުން އިންތިހާބު ބާތިލް ކުރުމަށް ހުށައެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުމެއް އެ ކޯޓުގައި ކުރިއަށްދާ ދަނޑިވަޅެއްގައެވެ.




މިއަދު އޮންލައިން