ޒިނޭ ކުރިކަން ސާބިތުވެއްޖެނަމަ އޮތް ޢުޤޫބާތަކީ ރަޖަމްކުރުން: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 30ސ
ޒިނޭ ކުރިކަން ސާބިތުވެއްޖެނަމަ އޮތް ޢުޤޫބާތަކީ ރަޖަމްކުރުން: ޑރ. އިޔާޟް
ކައިވެނިކޮށްގެންހުރެ ހިލޭ ފިރިހެނަކާ ގައިގޯޅީވެ އުޅުމަކީ ޙަރާމްކަމެކެވެ. ޒިނޭކުރިކަން ސާބިތުވެއްޖެނަމަ އޮތް ޢުޤޫބާތަކީ ރަޖަމްކުރުމެވެ.

ގައިގޯޅީވެ އުޅުން ފަދަ ކަންކަން ސިއްރުން ކުރުންމަތީގައި ދެމިހުރެގެން ނުވާނެއެވެ. އޮޅުމަކުން ނަމަވެސް އެފަދަ ކަމެއް ކުރެވިއްޖެނަމަ އަވަހަށް ތައުބާވާން ވާނެއެވެ.

ގައިގޯޅިވެ އުޅުމަކުން ކައިވެނި ރޫޅިގެނެއް ނުދާނެއެވެ. ނަމަވެސް އެފަދަ ކަމެއް ސާބިތުވެ، އޭނާ ތައުބާ ނުވެއްޖެނަމަ ވަރިކުރަންޖެހޭނެއެވެ.

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިމޭރުމުން ވިދާޅުވީ "މީހަކާ އިނދެގެންހުރެ އެހެން ފިރިހެނަކާ ގައިގޯޅިވެ އުޅެފިނަމަ ކައިވެނި ރޫޅޭނެތޯ؟" މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.
މިއަދު އޮންލައިން