ސައުދީން ރައީސް ޔާމީނާ ބެހޭ އެއްވެސް ވާހަކައެއް ނުދައްކާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ!

ކިޔުމަށް ހޭދަވާނީ 58ސ
ސައުދީން ރައީސް ޔާމީނާ ބެހޭ އެއްވެސް ވާހަކައެއް ނުދައްކާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ!
ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުގައި ސައުދީ ސަރުކާރުގެ އިސްފަރާތްތަކުން ރައީސް އަބްދުﷲ ޔާމީނާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކާ ކަމަށް ދިވެހިރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު (އައްނި) ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާއެކު ބޭއްވި ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުގައި ސައުދީ އަރަބިއްޔާއިން ގުޅުން ބާއްވަން ބޭނުންވަނީ އެ އިރެއްގައި އޮންނަ ސަރުކާރަކާ ކަމަށް ވިދާޅުވި ކަމަށެވެ. އަދި ރައީސް ޔާމިން އާއި ގުޅޭ އެއްވެސް ވާހަކައެއް ނުދައްކާ ކަމަށް އެމަނިކުފާނުގެ ޓްވީޓްގައި ބުނެފައި ވެއެވެ.

ރައީސް ނަޝީދު ސައުދީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލުމަށްފަހު، އެމަނިކުފާނު މިހާރު ވަނީ ލަންޑަނަށް ވަޑައިގެންފައެވެ.




މިއަދު އޮންލައިން