"މުސްލިމް ނޫން މީހަކު ހަދިޔާގެ ގޮތުން ދޭ ފައިސާ ނުވަތަ މުދަލެއް މުސްލިމަކަށް ބޭނުންކުރުން ހުއްދަވެގެންވޭތޯ؟"
ޖަވާބު: މުސްލިމް ނޫން މީހަކު ހަދިޔާގެ ގޮތުން ދޭ ފައިސާ ނުވަތަ މުދާ ބޭނުންކުރުމަކީ މުސްލިމަކަށް ހުއްދަކަމެކެވެ. ނަބިއްޔާ (ޞޢވ) ކާފިރުން ހަދިޔާކުރި ތަކެތި ޤަބޫލުފުޅު ކުރެއްވެވިއެވެ. އެއީ އެކަމުގައި، އެއިގެ ފަހަތުގައި ނުބައިކަމެއް ޝަރުޠު ނުކުރާނަމައެވެ. އަދި ކާފިރުންނަށް ހަދިޔާ ދިނުމަކީ މުސްލިމުންނަށް ހުއްދަ ކަމެކެވެ. އެބައިމީހުން ޢީދުގައި މެނުވީއެވެ.
- ޝައިޚް ޝާފިޢު
މިބަސްފުޅުން އެނގެނީ ކާފިރުން ފާހަގަކުރާ ނިވްއިޔަރ އާއި އެނޫންވެސް އެމީހުންގެ ޢީދުތަކުގައި ކާފިރުންނަށްވެސް ހަދިޔާ ނުދެވޭނެ ކަމެވެ. މުސްލިމުންނަކީ ނިވްއިޔަރ ފާހަގަކުރާ ބައެއް ނޫނެވެ.
ހަމަ އެއާއިއެކު ކާފިރުން ދޭ ހަދިޔާގައި ހިފުން ހުއްދަވާނީ އެހަދިޔާގެ ފަހަތުގައި ނުބައިކަމެއް ޝަރުޠު ނުކުރާނަމަ ކަމެވެ.