ކީރިތި ޤްރްއާނުގައި ވެއެވެ. "ހަމަކަށަވަރުން ﷲ މިފޮތުގެ ސަބަބުން ބައަކު މީހުންގެ ޤަދަރު އުފުއްލަވާނެތެވެ. އަދި ބައަކު މީހުން ޤަދަރު ވައްޓަވައިލައްވަވާނެތެވެ."
ދަރަޖަ އުފުއްލަވާ މީހުންނަކީ ޙާފިޛުންނާއި، ޤްރްއާން ކިޔަވައި އެ ފޮތް ދިރާސާކުރާ މީހުންނާއި ޤްރްއާނާއި އެއްގޮތަށް ޢަމަލުތައް ބަހައްޓާ މީހުންނެވެ. އެފޮތުގެ ސަބަބުން ޤަދަރު ވެއްޓިގެންދާނެ މީހުންނަކީ މި ފޮތަށް ފުރަގަސްދޭ މީހުންނެވެ. މިފޮތް ކިޔެވުމާއި ދުރުހެލިވެ މިފޮތާއި އެކަހެރިވާ މީހުންނެވެ. މިފޮތާއި ހަނގުރާމަކުރާ މީހުންނެވެ.
އިބުނު ކަޘީރު ވިދާޅުވީ ކީރިތި ޤްރައާނުގައި އޮތީ ތިން ލައްކަ ވިހި ހާސް ފަނަރަ (320015) އަކުރެވެ. ކޮންމެ އަކުރަކަށް 10 ސަވާބު ދެއްވަވާނެތީ ޚަޠިމު ކުރުމުން އެމީހަކަށް ތިން މިލިއަން ދެ ލައްކަ އެއް ސަތޭކަ ފަންސާސް 3200150 ސަވާބު ލިބޭނެއެވެ.
- މިއަދުގެ ޚުޠުބާއިން