ސަރުކާރަށް ނޭނގުނު ކަމަކީ ރައްޔިތުންގެ އިހްސާސް ކަމަށް، ރައީސް ނަޝީދު ވިދާޅުވެއްޖެ!

ކިޔުމަށް ހޭދަވާނީ 1މ 14ސ
ސަރުކާރަށް ނޭނގުނު ކަމަކީ ރައްޔިތުންގެ އިހްސާސް ކަމަށް، ރައީސް ނަޝީދު ވިދާޅުވެއްޖެ!
ރިޔާސީ އިންތިހާބު 2018ގައި ރައީސް ޔަމިން އަދި އެމަނިކުފާނުގެ ސަރުކާރަށް ނޭނގުނު އެއްޗަކީ ރައްޔިތުންގެ އިހްސާސް ކަމަށް ދިވެހިރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު (އަންނި) ވިދާޅުވެއްޖެއެވެ.

ޔޫކޭގެ އެސް.އޯ.އޭ.އެސް ޔުނިވާސިޓީގައި ދެއްވި ހިތޯބެއްގައި ރައީސް ނަޝީދު ވިދާޅުވީ ދިވެހި ސަރުކާރުގެ ވެރިންނަށް ނޭނގުނީ ރައްޔިތުންގެ އިހްސާސްތަށް ދެނެގަތުން ކަމަށެވެ.

ރައީސް ނަޝީދުގެ ވާހަކަ ފުޅުގައި އަލި އަޅުވާލީ ރާއްޖެން ބެރުގައި ހުންނަވައި އެމަނިކުފާނު ކުރެއްވި މަސައްކަތްތަކަށެވެ. އެގޮތުން އެމަނިކުފާން ވިދާޅުވީ ރާއްޖޭން ބޭރުގައި ކުރެވުނު އެންމެ މުހިއްމު އެއް މަސައްކަތަކީ ރައީސް އަބްދުﷲ ޔާމީން ހިންގެވި ކަރޮޕްޝަނުގެ ހެކިތައް އެއްކޮށް އެކަންކަން ފަޅައަރުވާލެވުން ކަމަށެވެ.

އޫކޭ ނުވަތަ އިނގިރޭސި ވިލާތުގެ އެސް.އޯ.އޭ.އެސް ޔުނިވާސިޓީގައި ރައީސް ނަޝީދު ރޭ ވާހަކަފުޅުދައްކަވާފައި ވަނީ ރާއްޖޭން ބޭރުގައި ޑިމޮކްރާސީ ދިފާއުކުރެއްވުމުގެ މައްޗަށެވެ. އެގޮތުން 2012 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމައަށް އިދިކޮޅުން ކުރި މަސައްކަތަކަށް ރައީސް ނަޝީދު ވަނީ ފާހަގަކޮށްފައެވެ.

ރައީސް ޔާމިންގެ ކެމްޕެއިނަށްވެސް ރައިސް ނަޝީދުގެ ވާހަކަފުޅުގައި ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. އެގޮތުން ކެމްޕެއިނެއް ކުރުމަކީ ތަރައްޤީޤެ ވާހަކަ ދައްކައިގެން ރައްޔިތުންގެ ގާތު ފޮނި ބައިސާ ކެނޑުން ނޫން ކަމަށާއި، އަދި އެ ބޭފުޅުން ބެނުންވާ ކަންކަން ރައްޔިތުންނަށް ކިޔައި ދިނުން ނޫން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަދު އޮންލައިން