ނޮވެމްބަރު 3 ގައި ރައީސް ނަޝީދު އައްޑުއަށް ވަޑައިގަންނަވާނެ: އަސްލަމް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 34ސ
ނޮވެމްބަރު 3 ގައި ރައީސް ނަޝީދު އައްޑުއަށް ވަޑައިގަންނަވާނެ: އަސްލަމް
ކުރީގެ ރައީސް މުހައްމަދު ނަޝީދު ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އައްޑޫ ސިޓީއަށް ވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ނޮވެމްބަރު 3 ވަނަ ދުވަހު އައްޑޫސިޓީއަށް ރައީސް ނަޝީދު ވަޑައިގަންނަވާނެކަން އަސްލަމް ހާމަކޮށްފައިވާއިރު، ނޮވެމްބަރު 1 ގައި "ވީހާލެއްގައިވާން" ރައީސް ނަޝީދު ރާއްޖެވަޑައިގަންނަވާނެކަން ވަނީ ހާމަކޮފައެވެ.

އަދި ރައީސް ނަޝީދަށް މަރުހަބާދެންނެވުމަށް އެމްޑީޕީންގެ ސަޕޯޓަރުން ދަދީ ތައްޔާރުވަމުންނެވެ.





މިއަދު އޮންލައިން