މޫސާ މަނިކު ވިދާޅުވީ އޭނާ މަޤާމުގެ ހައިޞިއްޔަތުން ޖަވާބު ދެއްވާފައިވާނީ އޭނާ އާއި ކުރެވުނު ސުވާލަކަށް ކަމަށެވެ. އަދި އޭނާ އަކީ ޕީޕީއެމްގެ މެންބަރެއް ކަމަށާއި ސިޔާސީ މަސައްކަތް، އެބައަކާއެކީ ނުކުރައްވާނެ މީހުން ކުރިން ވާނީ އިއުލާނުކުރައްވާފައި ކަމަށެވެ.
"އަޅުގަނޑާ ކުރި ސުވާލަކަށް މަޤާމުގެ ހައިޞިއްޔަތުން ޖަވާބު ދިނީ، އަޅުގަނޑު ވަންނާނެ ޕާޓީއެއް ނެތިގެން ނާށިގަނޑު ހިފައިގެން ނުދުވަން. އަޅުގަނޑަކީ ޕީޕީއެމްގެ މެންބަރެއް. އަޅުގަނޑު ސިޔާސީ މަސައްކަތް، އެބައަކާއެކީ ނުކުރާނެ މީހުން ކުރިން އިއުލާނުކޮށްފަ އޮންނާނީ ވެދުން."
Alhugandaa kuri suvaalakah maqaamuge hisiyyathun javaabu dhinee, alhugandu vannaane party eh nethigen naashigandu hifaigen nudhuvan, alhugandakee PPMge mebareh ,alhugandu siyasee masaithkaith ebayakaaekee nukuraane meehun kurin iulaanukohffa onnaanee v vedhun
— Reekomoosa (@ReekoMoosa) October 20, 2018