މައިންބަފައިންނަށް އިހާނެތިކޮށް ހިތައި ހިތުގައި ޖައްސާ މީހުންނަށް މަރުމަތީގައި ޝަހާދަތް ލައިދިނުމުންވެސް ނުކީފައި އެބަހުރި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
މައިންބަފައިންނަށް އިހާނެތިކޮށް ހިތައި ހިތުގައި ޖައްސާ މީހުންނަށް މަރުމަތީގައި ޝަހާދަތް ލައިދިނުމުންވެސް ނުކީފައި އެބަހުރި!
"މައިން ބަފައިން ދުނިޔޭގައި ތިބޭއިރު އެމީހުންގެ ހާލު ނުބަލާ އަދި އެބައި މީހުން ހިތްދަތިވެ އެވާހަކަ ދައްކާނަމަ ދަރިންނަށް އެކަމުން އަސަރެއް ކުރާނެތޯ؟ ނުވަތަ އަޒާބު ލިބޭނެތޯ؟"

މި ސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ "މައިން ބަފައިންނަށް ހެޔޮކޮށް ހިތުމަކީ ދަރިންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އެމީހުންގެ ހިތުގައި ޖެހޭފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. އެމީހުންގެ ބަދު ދުޢާއަކީ ﷲ އާއި ދެމެދުގައި އެއްވެސް ހުރަހެއް ނެތި އިޖާބަކުރައްވަވާ އެއްޗެއް." ކަމަށެވެ.

މައިން ބަފައިންނަސް އިހާނެތިކޮށް ހިތައި އެބައިމީހުންގެ ހިތުގައި ޖެއްސި ބައެއް މީހުން ދުނިޔެ ދޫކުރާ ވަގުތު ޝަހާދަތް ލައިދިނުމުންވެސް ކިޔޭނެ ގޮތް ނުވުން ފަދަ ކަންކަން މެދުވެރިވެފައިވާ ކަމަށް ބަޔާންކުރާ ހާދިސާތަކުގެ ވާހަކަތައް ލިޔެވިފައި އެބަހުއްޓެވެ. އެހެންކަމުން މިއީ ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމެކެވެ.

ﷲ ތަޢާލާގެ މަގުގައި ޖިހާދުކުރަން ހަނގުރާމަކުރަން ދިއުމަށްވުރެ މައިމީހާގެ ޚިދުމަތުގައި ދެމިހުރުންކަމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ބަޔާންކުރެއްވެވިކަން ސިޔަރަތުން އެނގެން އެބައޮތެވެ. ހަމަ އެއާއިއެކު އެމިހާ އެންމެ ހެޔޮކޮށް ހިތަންޖެހޭ މީހަކީ މައިމީހާކަން ވެސް ޙަދީޘްފުޅުން އެނގެން އެބައޮތެވެ.
މިއަދު އޮންލައިން