ޝަރުޢީ ޢުޒުރެއް ނެތި އަނބި ދަރިންނަށް ޚަރަދު ނުކުރާނަމަ ފިރިމީހާ ފާފަވެރިވާނެ! އަނބިންނަށް ވަޒީފާ އަދާކުރެވޭނީ 3 ޝަރުޠަކާއެކު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ޝަރުޢީ ޢުޒުރެއް ނެތި އަނބި ދަރިންނަށް ޚަރަދު ނުކުރާނަމަ ފިރިމީހާ ފާފަވެރިވާނެ! އަނބިންނަށް ވަޒީފާ އަދާކުރެވޭނީ 3 ޝަރުޠަކާއެކު!
"ފިރިމީހާ އަނބިމީހާއަށާ ދަރިފުޅަކަށް ޚަރަދެއް ނުކުރެއެވެ. ފިރިމީހާއަށާއި ދަރިފުޅަށް ޚަރަދުކުރަނީ އަނބިމީހާ ވަޒީފާއަށް ގޮސްގެންނެވެ. ނަމަވެސް ފިރިމީހާ އަނބިމީހާ އާއި ދިމާއަށް މިބުނަނީ ވަޒީފާއަށް ދިއުމަށްވުރެ ހިލޭ ފިރިހެނެއް ކައިރިއަށް ދިއުން މާރަނގަޅު ކަމަށެވެ. މިފަދަ ފިރިއަކާއިއެކު ދިރިއުޅެން ދީނީ ގޮތުން ހުއްދަވާނެތޯއެވެ؟"

"އަނބިމީހާ އަދި ދަރިފުޅުގެ މައްޗަށް ޚަރަދުކުރުމަކީ ފިރިމީހާގެ ޒިންމާއެކެވެ. އަދި ވާޖިބެކެވެ. އެކަން ޝަރުޢީ ޢުޒުރެއް ނެތި ނުކުރާ ކަމުގައިވާނަމަ ފިރިމީހާ ފާފަވެރިވާނެއެވެ. އަދި އަނބިމިޙާ ވަޒީފާ އަދާކުރުން ހުއްދަވެގެންވަނީ ޝަރުޠުތަކަކާއިއެކު އެކަމަށް ބޭނުންޖެހިގެންވާނަމައެވެ.

އެ ޝަރުޠުތަކުގެތެރޭގައި އާމްދަނީ ހޯދައިދޭނެ ފަރާތެއް ނެތުމާއި، ހިލޭ ފިރިހެނުންނާއި މިކްސް ނުވުމާއި، ފުރިހަމައަށް ހިޖާބުވުން ހިމެނެއެވެ.

އެހެންވީމާ ތިޙާލަތުގައި ފިރިމީހާއަށް ވިސްނައިދޭންވީ އިސްލާމްދީނުގައި ބަޔާންވެގެންވާ ގޮތުގެ މަތީން ފިރިމީހާގެ ޒިންމާ އަދާ ކުރުމަށެވެ. ޙައްލަކީ ވަރިވުމެއް ނޫނެވެ. ވާހަކަދައްކައިގެން ދެމީހުން އިސްލާމް ދީނުގައި ތިކަން އޮންނަ ގޮތަށް އަމަލު ކުރުމެވެ. ފިރިމީހާ އޭނާގެ ޒިންމާ އަދާކޮށްފައި އަނބިމީހާ އޭނާގެ ޒިންމާ އަދާކުރަން ފުރުޞަތު ދިނުމެވެ.

‍ - ޝައިޚް ޝާފިޢު

މިއަދު އޮންލައިން