ތިބާ އިޚްލާޞްތެރިތަ؟ ކިތަންމެ ގިނަ ފާފަތަކެއް ކޮށްފައިވީ ނަމަވެސް ފުއްސަވައި ދެއްވަވާނެކަން ޔަޤީންކުރޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ތިބާ އިޚްލާޞްތެރިތަ؟ ކިތަންމެ ގިނަ ފާފަތަކެއް ކޮށްފައިވީ ނަމަވެސް  ފުއްސަވައި ދެއްވަވާނެކަން ޔަޤީންކުރޭ!
ބައެއް މީހުން އަބަދުވެސް ބަލަނީ އެމީހާގެ މާޒީއަށެވެ. ތިބާގެ މާޒީން މިއަދަށް އަސަރުކުރިއަ ނުދޭށެވެ. މާޒީ ވަނީ މާޒީވެ ނިމިފައެވެ.

ބައެއް މީހުންނަށް ހީވެފައިވަނީ މާޒީގައި ގިނަ އަދަދެއްގެ ފާފަ ކުރެވިފައިވުމުން އެކަންކަމުން ސަލާމަތް ނުވެވޭނެ ކަމަށެވެ. އެގޮތަށް ޤަބޫލުކުރުމަކީ މީހަކަށް ކުރެވޭނެ އެންމެ ބޮޑު ކުށެވެ.

ﷲ ތަޢާލާއީ "އައްރަޙްމާނިއްރަޙީމް" އެވެ. "ޣަފޫރުއްރަޙީމް" އެވެ. މިއީ ތަޢާލާގެ ވަޙީ ބަސްފުޅެވެ. ވީއިރު އެކަލާނގެ ދީލަތިވަންތަކަމާއިމެދު ޝައްކު ކުރަން އޮތީ ކޮން ޖާގައެއް ހެއްޔެވެ؟

މަޢާފް ކުރެއްވެވުމުގައި އެންމެ ދީލަތިވަންތައީ ﷲ ތަޢާލާއެވެ. އެއްވެސް ވަރަކަށް ފަސް ނުޖެހޭށެވެ. ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް ޝައްކު ނުކުރާށެވެ. ތިބާ އިޚްލާޞްތެރިނަމަ ތިބާގެ ހުރިހާ ފާފަތަކެއް ﷲ ތަޢާލާ ފުއްސަވައިދެއްވަވާނެއެވެ. ބައިކުޅަބައަކުންވެސް ނޫނެވެ. ހަމަ އެކުގައި ހުރިހާ ފާފަތަކެވެ. ހަމަ އެކަނި ބޭނުންވަނީ ތިބާގެ ހިތުގެ އިޚްލާޞްތެރިކަމެވެ.

ތިބާކޮށްފައިވާ ހުރިހާ ފާފަތަކަކަށްވުރެ ﷲ ތަޢާލާގެ ދީލަތިވަންތަކަން މާބޮޑުކަން އަބަދުވެސް ޔަޤީން ކުރާށެވެ.

ވަރަށް ގިނަ ބައަކަށް މިކަންކަން ވަނީ އޮޅިފައެވެ. ނުވަތަ އޮޅުންތައް އަރައިފައެވެ. ﷲ ތަޢާލާގެ ރަހްމަތްފުޅާއިމެދު ތިބާ މާޔޫސް ކުރުވައި އެކަން މެދުވެރިކުރުވަނީ ޝައިޠާނާއެވެ. ތިބާ ތައުބާވިއަ ނުދިނުމަށެވެ. ބުއްދީގެ ބޭނުން ކުރާށެވެ! ކީރިތި ޤްރައާނަށް އިތުބާރުކުރާށެވެ! ހުރިހާ ކަމެއްވެސް ވިސްނި މާޔޫސްކަން ފިލާނެއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން
މިއަދު އޮންލައިން