ހުކުރަށް ދިއުން- 10 ދުވަހުގެ ކުށްފާފަތައް ފޮހެލަން ލިބޭ ރަނުގެ ފުރުޞަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ހުކުރަށް ދިއުން- 10 ދުވަހުގެ ކުށްފާފަތައް ފޮހެލަން ލިބޭ ރަނުގެ ފުރުޞަތެއް!

"ހުކުރަށް ފެންވަރައި، މިސްކިތަށް ގޮސް، ސުންނަތް ނަމާދުކޮށް، އިމާމް މީހާއަށް ކަނުލައި އަޑުއަހައި (ޚުޠުބާއަށް)، ނަމާދު (ހުކުރު ނަމާދު) ކޮށްގެން ފޭބުމަކީ 10 ދުވަހު އޭނާ ކޮށްފައިވާ ކުށް ފާފަތައް ފޮހެވިގެންދާނޭ ކަމެއް ކަމުގައި ޙަދީޘުން ސާބިތުވެއެވެ."
--ޝައިޚް ޢަލީ ޒައިދު

ޝައިކް ޢަލީ ޒައިގެ މިބަސްފުޅުތަކަށް ބަލާއިރު ފެންވަރައި ނަލަ ހެދިގެން ހުކުރަށް ދިއުމާއި ޚުޠުބާ ފެށުމުގެ ކުރިން ސުންނަތް ނަމާދެއް ކުރުމާއި ކަނުލައި ޚުޠުބާ އެކުގައި އަޑުއެހުމުގެ މުހިންމުކަން އެނގެންދެއެވެ.

ހުކުރު ދުވަހުގެ ސަވާބާއި ދަރުމަ ފުރިހަމަ ގޮތުގައި ލިބިގަންނަން އެދޭނަމަ ޚުޠުބާ ފެށުމުގެ ކުރިން ހުކުރަށް ދިއުމަކީ ކޮންމެހެން ކުރަޖެހޭ ކަމެކެވެ.



މިއަދު އޮންލައިން